1. އެން.ޑީ.އޭގެ ދަށުން ހިނގަމުންދާ ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ ކްލައިންޓުންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން.
2. ކްލައިންޓުންނަށް ދެވޭ ފަރުވާއާ ގުޅޭގޮތުން ދޭންޖެހޭ ކައުންސެލިންގ ދިނުމުގެ މަސައްކަތްކުރުން.
3. ކްލައިންޓުންނަށް ދެވޭ ފަރުވާ (ޞިއްޙީ ފަރުވާއާއި ނަރުހުންގެ ފަރުވާ) އަކީ އެންމެ އެކަށީގެންވާ މިންގަނޑެއްގައި ދެވޭ ފަރުވާތަކެއްތޯއާއި ފަރުވާގެ ނިޒާމު ރަނގަޅަށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
4. ފަރުވާ ދެވޭ ކްލައިންޓުންގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކްލައިންޓުންގެ ޑާޓާ ތައްޔާރުކޮށް ބެލެހެއްޓުން.
5. ރިހެބިލިޓޭޝަނާއި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގެ އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ކޯރޑިނޭޓްކުރުމުގެ މަސައްކަތްކުރުން.
6. ޒުވާނުންނާއި، މުޖުތަމަޢާއި، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ ކްލައިންޓުންނާއި، ސްކޫލް ޓީޗަރުންނާއި، ދަރިވަރުންނާއި، ސަރުކާރުގެ އޮފީސްތަކާއި، އެން.ޖީ.އޯސްތަކަށް، މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުވުމުގެގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
7. ޑްރަގް އެޑިއުކޭޝަނާއި، ސުއިސައިޑް ޕްރިވެންޝަނާއި، ސައިކޭޓްރިކް ފަރުވާއާ ބެހޭގޮތުން ކަމާގުޅޭ އިދާރާތަކަށް ވޯކްޝޮޕް ހިންގުން.
8. ޑްރަގް އެޑިއުކޭޝަން ސެމިނާރުތަކާއި، ކްލާސްތަކާއި، ހެލްތު އެޑިއުކޭޝަން ސެޝަންތައް، ކައުންސެލަރުންނާއި ކްލައިންޓުންނަށް ނަގައިދިނުމުގެ އެންމެހައި މަސައްކަތްކުރުން.
|