ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސަރވިސް އެސިސްޓެންޓުން ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސާވިސް އެސިސްޓެންޓް / ގރ. 1

ޢަދަދު: 2

މުސާރަ: މަހަކު -/3240 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސާރވިސް ސެންޓަރ

 އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސްގެގޮތުގައި މަހަކު -/1500 ރުފިޔާ އާއި -/2000 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރެވޭނެއެވ.
  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.  

 މަޤާމުގެ މަސްއޫލިއްޔަތު:

  • ޓެކްނީޝަނުންނާއެކު އެއާކޮންޑިޝަން އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކުރުން
  • ޓެކްނީޝަނުންނާއެކު ރެފްރިޖެރޭޝަނާއި، އެއާކޮންޑިޝަނިންގގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން
  • އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން

ތަޢުލީމާއި ތަޖްރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި ބަހާއި، ދިވެހި ބަހުން ލިޔަންކިޔަން އެގުން.

 އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
  • ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ