ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

މަޤާމުގެ މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ޔުނިޓް:

އެންޓްރީޒް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. މި ޑިޕާޓްމަންޓުން އިންތިޒާމްކޮށް ހިންގާ ކެމްބްރިޖް އޯލެވެލް، އެޑްއެކްސެލް އޭ ލެވެލް، އެ.ޗް.އެސް.ސީ، އެސް.އެސް.ސީ އާއި އޮންޑިމާންޑް އިމްތިޙާނާއި، އާންމު އިމްތިޙާނުގެ އިތުރުންވެސް މި ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ބާއްވާ އެހެނިހެން އިމްތިޙާންތަކުގެ އެޕްލިކޭޝަނާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

2. މި އިމްތިޙާން ނިމުމުން، އިމްތިޙާން ކަރުދާސް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރުން.

3. އިމްތިޙާނު ބާއްވާ ސެންޓަރުތަކަށް ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން.

4. އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ހަވާލުކުރުމަށާއި، ޖަވާބު ކަރުދާސް ނެގުމަށާއި، ސެންޓަރު ޗެކްކުރުމަށާއި، މަޢުލޫމާތު ދިނުމަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.

5. ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ ފިޝަރީޒް ސައިންސާއި، ކޮމްޕިއުޓަރ ޕްރޮޖެކްޓުތަކުގެ މަސައްކަތް، މި ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން.

މަޤާމް:

އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ޔުނިޓް

ރެކޯޑްސް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. މި ޑިޕާޓްމަންޓުން ނެރޭ ނޫސް މަޖައްލާ "އެގްޒެމިން" ނެރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމާއި. ނޫސް މަޖައްލާ ނެރުން.

2. މި ޑިޕާޓްމަންޓުގެ ވެބްސައިޓު އަޕްޑޭޓްކުރުމުގެ އެންމެހައި މަސައްކަތް ކުރުން.

3. އިމްތިޙާނު ބާއްވާ ސެންޓަރުތަކަށް ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން.

4. މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ ހޯލުތަކަށް ބޭނުންވާ ކެންޑިޑޭޓު ނަންބަރު ތައްޔާރުކުރުމާއި، ޑިސްޕްލޭ ތައްޔާރުކުރުން.

5. މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ އެޕްލިކޭޝަން ޗެކުކުރުމަށް ބޭނުންވާ ފެޗިންގ ފައިލް ތައްޔާރުކުރުން.

6. އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ހަވާލުކުރުމަށާއި، ޖަވާބު ކަރުދާސް ނެގުމަށާއި، ސެންޓަރ ޗެކްކުރުމަށާއި، މަޢުލޫމާތު ދިނުމަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.

7. ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ ފިޝަރީޒް ސައިންސާއި ކޮމްޕިއުޓަރ ޕްރޮޖެކްޓުތަކުގެ މަސައްކަތް މި ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން.

8. މިޑި ޕާޓްމަންޓުން ރާވައި އިންތިޒާމްކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންތައްތައް:

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރުކުރުން

ރ- އިންޓަވިއުކޮށްގެން

އިންޓަވިއު ކުރުން: މިމަޤާމު ތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓު:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓްގެ www.dpe.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްގައި / ސަރުކާރުގައި ޚިދުމަތްކުރާ މުވައްޒަފެއްނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒު ނުކުރައްވާކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

3. ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ބޮންޑާބެހޭ މަޢުލޫމާތު އެނގޭގޮތަށް އޮފީހުން ދޫކުރާ ލިޔުން.

4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

7. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަ ނުވާ ކާޑުގެ ދެ ފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި: 

- މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގައި ހުންނަ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.

ނޯޓު:

މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ، ޝަރުޠުހަމަވާ މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތްކުރެވޭނެއެވެ.

(ހ) ޝޯޓްލިސްޓްކުރާ މީހުންނާ އިންޓަވިއުކުރުން.

(ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އިންޓަވިއެއް ނުކުރާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ޑިޕާޓްމަންޓުގެ 3009339 ނަންބަރު ފޯނާއެވެ.

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ