މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ދަނޑުވެރިކަމުގެ ޑޭޓާ ނަގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދަތުރުވެރިންގެ މާރުކޭޓަށާއި ލޯކަލް މާރުކޭޓަށް އަތޮޅުތަކުން ވިއްކުމަށް ގެންނަ ދަނޑުވެރިކަމުގެ ބާވަތްތަކުގެ މިންވަރާއި އަގުތަކާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި ލޯކަލް މާރުކޭޓުން ދަނޑުވެރިކަމުގެ ބާވައްތައް ވިއްކާ އަގުތައް (ރާއްޖޭގައި ހައްދާ ބާވަތްތައް) ދުވަހުން ދުވަހަށް ނެގުމުގައި ހަރަކާތްތެރިވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • ބޭނުންވާ އަދަދު: 1 (އެކެއް)
  • މަސައްކަތް ހަވާލުކުރެވޭ މުއްދަތު: 1 (އެކެއް) މަސްދުވަސް (28 ނޮވެންބަރު 2016 އިން ފެށިގެން 1 މަސްދުވަސް)
  • މަސައްކަތުގެ އުޖޫރަ: -/5000 (ފަސް ހާސް) ރުފިޔާ
  • މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ފެންވަރު ނުވަތަ ޝަރުޠު: ގްރޭޑް ދިހައެއް ނިންމާފައި ވުން، ބޯޓްފަހަރަށް އެރުމާއި، މާރުކޭޓު ސަރަހައްދުގައި ހީވާގިކަމާއެކު ހަރަކާތްތެރިވެވޭނެ ފިރިހެނަކު ކަމުގައިވުން
  • މަސައްކަތު ތަފްސީލު: މާލެ ލޯކަލް މާރުކޭޓަށާއި ދަތުރުވެރިންގެ މާރުކޭޓަށް ރާއްޖޭގެ އެކި ރަށްރަށުން ވިއްކުމަށް ގެންނަ ދަނޑުވެރިކަމުގެ ބާވަތްތަކުގެ މިންވަރާއި އޭގެ އަގުތައް ބެލުމަށް ބޯޓު/ދޯނި ފަހަރަށް އަރައިގެން ހޯދުމާއި ކަނޑައެޅިފައިވާ ފޯމުގައި ރެކޯޑު ކުރުން. މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ ރީޓެއިލް އަގުތައް ބަލައި ކަނޑައެޅިފައިވާ ފޯމުގައި ރެކޯޑު ކުރުން.

ހުކުރުދުވަހާއި ހޮނިހިރުދުވަހު ފިޔަވައި، ބޯޓު/ ދޯނިފަހަރުން މާލެ ލޯކަލް މާރުކޭޓާއި ދަތުރު ވެރިންގެ މާރުކޭޓުގެ ގޮޅިތަކުން ނެގުނު މަޢުލޫމާތު ރެކޯޑް ކުރެވުނު ފޯމު ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން މިނިސްޓްރީގެ އެގްރި-ޑޭޓާ ސެކްޝަނާ ހަވާލުކުރުން. އަދި ހުކުރު އަދި ހޮނިހިރު ދުވަހުގެ ފޯމު އާދީއްތަ ދުވަހު ހެނދުނު 9:45 ގައި ހަވާލުކުރުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ސިޓީ އަކުން ވަނަވަރާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ލިބިފައިވާ ސަނަދުތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ،3339218 ،3339248 އަދި 3339263 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

14 ނޮވެންބަރު 2016
ހޯދާ