މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މި މިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމަށް ތިރީގައިމިވާ މަޤާމަށް ވަގުތީ މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:

ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

ފަޑިޕް ޕްރޮޖެކްޓުގެ ކޯޕަރޭޓިވް ސޮސައިޓީކަމުގައިވާ ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީ (ފުވައްމުލަކު ސިޓީ) ނުވަތަ ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ (ޅ. ނައިފަރު) ގައި

ވަޒީފާގެ މުއްދަތު:

3 މަސްދުވަސް

މުސާރަ:

މަހަކު -/25،000 ރުފިޔާ (ކެއުމާއި ހުރުމާއެކު، މުޅި ޖުމްލަ)

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން، ބިޒްނަސް ޑިވެލޮޕްމަންޓް ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

2- އެންމެ މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

3- އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމާއެކު، ރިޕޯޓް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުން.

4- މި މަޤާމަށް މުވައްޒަފުން ހޮވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު، "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައި ހިމެނިފައިވާނެއެވެ.   

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައި)

4- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ސުންގަޑި:

މަތީގައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކުރާނީ، ތިރީގައިވާ އެޑްރެހަށެވެ. އީމެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.

 

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ޕްރޮޖެކްޓް ޑިރެކްޓަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ. ވައިޓް ވޭވްސް، މޫންލައިޓް ހިނގުން

އިންޓަވިއު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝޯޓްލިސްޓްވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 3341836 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ