އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

2017 ވަނަ އަހަރު، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ސްކޫލުގެ ސެކިއުރިޓީ 2017 ޖަނަވަރީ 1 ން 2017 ޑިސެންބަރު 31 އަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް ސެކިއުރިޓީ ބަލަހައްޓަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 17 ވަނަ ދުވަހުގެ 12:00 ގައި މި ސްކޫލުގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 28 ވަނަ ދުވަހުގެ 12:00 އަށް ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ނޯޓް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ