މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކަނޑުއޮތްގިރީ ފިޝްވިލެޖްގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުން

ކ. ކަނޑުއޮތްގިރީގައި، މިފްކޯއިން ހިންގާ ފްރެޝްފިޝް ޕްރޮސެސިންގ ޕްލާންޓްގައި، އަމިއްލަ ވަސީލަތްތައް ބޭނުން ކޮށްގެން، އެއް އަހަރުދުވަހުގެ މުއްދަތަށް، ޕެސްޓްކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް މިފްކޯ (ހިލާލީމަގު/ މާފަންނު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 14:00 އަށް މިފްކޯ (ހިލާލީމަގު/ މާފަންނު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރަން އޮންނަދުވަހު ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ