މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މުލީ ޕަވަރހައުސް ކުރިން ހިންގި އިމާރާތްހުރި ބިމުގައި މައިކޮލެޖްގެ ކެމްޕަހެއް ޤާއިމުކުރުމަށްޓަކައި މި އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ބަދަލު ގެނެސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 10:00ގައި މިއިދާރާގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 ގައި މި އިދާރާގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަމާ ގުޅިގެން މި އިދާރާއިން މީގެކުރިން ކޮށްފައިވާ ނަންބަރު 365/2016/73 (27 އޮކްޓޫބަރު 2016) އިޢުލާނަށް އިޖާބަދީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވި ފަރާތްތައް މަދުކަމަށްވާތީ، އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

ހުށަހަޅާ އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް.

(ހ) މަސައްކަތުގެ އަގަށް: 80 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 80x) އަގު ކުޑަވިވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.

(ށ) މަސައްކަތް ނިންމާނެ މުއްދަތު: 10 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10x) މުއްދަތު ދީފައިނުވާ ބިޑްތަކުގެ މި ބަޔަށް ޕޮއިންޓެއް ނުދޭނެއެވެ. މަސައްކަތް ނިންމާ މުއްދަތު ކުރުނަމަ، ލިބޭ ޕޮއިންޓް ގިނަވާނެއެވެ.

(ނ) މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް: 5 ޕޮއިންޓް (ބޭންކުގައި އެންމެ ގިނަ ފައިސާ ހުރި ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

(ރ) މިފަދަ މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް (މަސައްކަތް ކޮށްފައިވާކަމުގެ ލިޔުންތައް އެންމެ ގިނައިން ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ