މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ 'ކާގޯ ޓާމިނަލް'ގައި ° 16 އާއި °18 އާ ދެމެދުގައި ފިނިހޫނުމިން ހުންނާނެ ކޮޓަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްގެ 'ކާގޯ ޓާމިނަލް'ގައި ° 16އާއި °18އާ ދެމެދުގައި ފިނިހޫނުމިން ހުންނާނެ ކޮޓަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ) ގެ 'ކާގޯ ޓާމިނަލް'ގައި، މި ކުންފުނިން ދޭ މިންގަނޑުތަކާއި ކުރެހުންތަކާ އެއްގޮތަށް  ° 16އާއި °18އާ ދެމެދުގައި ފިނިހޫނުމިން ހުންނާނެ ކޮޓަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ ހެނދުނު 11:30 ގައި މި ކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުގެންދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ހޯއްދަވަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޑިސެންބަރު 01 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 01 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:30 ގައި، މި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.

14 ނޮވެންބަރު 2016
ހޯދާ