ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

މަޤާމް :ސީނިއަރ ލެކްޗަރރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ލެކްޗަރަރ

ވަޒީފާގެ ބާވަތް:

ކޮންސަލްޓަންސީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ މުސާރަ:

މަހަކު -/15،246 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/6،534 ރުފިޔާ

މުއްދަތު:

1  އަހަރު (ކޮންޓްރެކްޓް)

މަޤާމުގެ ޝަރުތު:

އެމް.ކިއު.އޭގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ދާއިރާ:

ކޮމްޕިއުޓަރ ސައިންސް (އާރޓިފިޝަލް އިންޓެލިޖެންސް)

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. ރިސަރޗް ސްޓްރެޓެޖީ އުފައްދައި، އާރޓިފިޝަލް އިންޓެލިޖެންސް، މެޝިން ލަރނިންގެ ދާއިރާތަކުން ރިސަރޗްކުރުން.

2. ގުޅުންހުރި ދާއިރާތަކުން ރިސަރޗްކުރުމަށް ބޭނުންވާ ފަންޑު ހޯދުން.

3. ދާއިރާގެ ފަންނީ މާހިރުންނާ އޮންނަ ގުޅުން ބަދަހިކުރުން.

4. ކަރިކިއުލަމާއި ކިޔަވައިދިނުމަށް ބޭނުންކުރާ މެޓީރިއަލް ތައްޔާރުކުރުން.

5. ދަރިވަރުންގެ ޕްރޮޖެކްޓްތައް ސުޕަވައިޒްކޮށް، ގައިޑްކޮށް، އެސެސްކުރުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ. އަދި  ޔުނިވަރސިޓީގެ ތިރީގައިމިވާ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

މައުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016
ހޯދާ