ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ގެއެއް ހޯދުމާގުޅޭ

އިޢުލާން

2017 ވަނަ އަހަރު، މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމާގުޅޭ

2017 ވަނަ އަހަރު، މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 13:00 އަށް، ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ސިޓީ ހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެލެއްވުމަށް އުޛުރުވެރިވެލައްވާ ބޭފުޅުން، 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރުއްވާ ހުށަހަޅުއްވާ ސިޓީ ޤަބޫލު ކުރެވެންނޯންނާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ