ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ ސޮފްޓްވެއަރތައް (ލައިސަންސާއެކު) ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު: IUL)438-PDU/1/2016/176 އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޢަދަދު | ސޮފްޓްވެއަރ | ލައިސަންސްގެ ބާވަތް |
6 |
މައިކްރޯސޮފްޓް ޕްރޮޖެކްޓް ޕްރޮފެޝަނަލް 2016 |
ވޮލިއުމް ބޭސްޑް ލައިސަންސް |
3 |
އޮޓޯ ކެޑް 2017 |
ސްޓޭންޑް އެލޯން ލައިސަންސް |
1 |
ކުއިކްބުކްސް ޕްރިމިއަރ 2016 |
5 ޔޫސާ ލައިސަންސް (5 ޔޫސާ ޓްރައިންޑްނާ އެކު) |
ހުށަހަޅަންވީ ތަކެތި
- ކުންފުންޏާބެހޭ މަޢުލޫމާތު/ކުންފުނީގެ ޕްރޮފައިލް (އަމިއްލަ ފަރުދެއް ނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ)
- މިފަދަ މަސައްކަތާ ގުޅޭ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގަށް:70 ޕޮއިންޓު
- ހުށަހެޅޭ އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 70
މުއްދަތު:15 ޕޮއިންޓު
- ހުށަހެޅޭ އެންމެ ކުރު މުއްދަތު/ ހުށަހެޅި މުއްދަތު × 15
ތަޖުރިބާ: 15 ޕޮއިންޓް
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އިތުރު މަޢުލޫމާތް
- އަގު ހުށަހަޅުއްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާއިރު އިޚުތިޔާރު ކުރާ "ލޮޓް" އަކަށް ނުވަތަ "ލޮޓް" ތަކަށް ވަކިން އަގު ހުށަހަޅަންވާނެއެވެ.
- ކޮންމެ "ލޮޓް" އެއްވެސް އިވެލުއޭޓް ކުރެވޭނީ ވަކިންނެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެވެ. އަދި މިނިސްޓްރީގެ އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.
ބަންދުކުރެވިފައިވާ ބީލަންތައް 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ ހެނދުނު 10:30 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މި ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ،
ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ.
ފޯން: 3018453/3018454
ފެކްސް: 3018301