މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އައި.ޓީ އިކުއިޕްމަންޓްސް ގަތުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް 6 ލެޕްޓޮޕް އަދި 5 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު:IUL)438-PDU/1/2016/172) އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޢަދަދު

ސޮފްޓްވެއަރ

6

ލެޕްޓޮޕް

5

ކޮމްޕިއުޓަރ ސިސްޓަމް

ހުށަހަޅަންވީ ތަކެތި

  • ކުންފުންޏާބެހޭ މަޢުލޫމާތު/ކުންފުނީގެ ޕްރޮފައިލް (އަމިއްލަ ފަރުދެއް ނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ)
  • މިފަދަ އިކިއުޕްމެންޓް ސަޕްލައިކުރުމުގެ މަސައްކަތާ ގުޅޭ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީ
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

 އަގަށް:70 ޕޮއިންޓު   

  •  ހުށަހެޅޭ އެންމެ ހެޔޮ އަގު/ހުށަހެޅި އަގު × 70

މުއްދަތު :15 ޕޮއިންޓު

  •  ހުށަހެޅޭ އެންމެ ކުރު މުއްދަތު/ހުށަހެޅި މުއްދަތު × 15

ތަޖުރިބާ: 15 ޕޮއިންޓް

  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

އިތުރު މަޢުލޫމާތް

  • އަގު ހުށަހަޅުއްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާއިރު އިޚުތިޔާރު ކުރާ "ލޮޓް" އަކަށް ނުވަތަ "ލޮޓް" ތަކަށް ވަކިން އަގު ހުށަހަޅަންވާނެއެވެ.
  • ކޮންމެ "ލޮޓް" އެއްވެސް އިވެލުއޭޓް ކުރެވޭނީ ވަކިންނެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
  • މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެވެ. އަދި މިނިސްޓްރީގެ އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

ބަންދުކުރެވިފައިވާ ބީލަންތައް 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ ހެނދުނު 11:30 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އޮފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ،

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018453 /3018454

ފެކްސް: 3018301

14 ނޮވެންބަރު 2016
ހޯދާ