މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
2017 ވަނަ އަހަރު ސްކޫލްގެ ކިޔެވުން ފަށައިގަތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލްގެ ކިޔެވުން ފަށައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކުރެވުނު ނަންބަރު GS61/IUL/2016/11 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރީމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ދިނުން: 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހު 14:00 ގައި މަރަދޫފޭދޫ ސްކޫލުގައި

* އަންދާސީހިސާބު ހުށަހެޅުން: 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހު 14:00 އަށް މަރަދޫފޭދޫ ސްކޫލަށް

މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

10 ނޮވެންބަރު 2016
ހޯދާ