ދިވެހިރާއްޖެ
މަޤާމް :ފާމަސީ އެސިސްޓެންޓް | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މަޤާމް: ފާމަސީ އެސިސްޓެންޓް ވަޒީފާގެ ބާވަތް: ކޮންޓުރެކްޓް (2 އަހަރުދުވަސް) ބޭނުންވާ އަދަދު: 1 (އެކެއް) އަސާސީ މުސާރަ: މަހަކު -/3380 ރުފިޔާ މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ނ. ޅޮހީ ފާމަސީ / މެޑިކަލްސް ޑިޕާޓްމަންޓް އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. * ހަމަޖެހިފައިވާ އުސޫލުން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ. * ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: * ތަނުން ލިބެން ހުންނަ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން. * ބިލް ހެދުން. * މުއްދަތު ހަމަވާ ބޭސްތައް ޗެކުކުރުންް. * ރެކްތަކުގައި ބޭސް އެތުރުން. * ކްރެޑިޓް ބިލް ޗެކުކުރުން. * އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން. ތަޢުލީމާއި ތަޖުރިބާ: * ކޮމްޕިއުޓަރ ސްކިލްސް (ވޯރޑާއި އެކްސެލް) އެހެނިހެން ހުނަރު: * މުޢާމަލާތުކުރުމުގެ ހުނަރު. ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 17 ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑުރެހަށް ހުށަހެޅުން އެދެމެވެ. - އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. ނޯޓު: - ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. - މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ. - މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބެލުމަށްފަހުގައެވެ. - އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓުކުރެވޭ ފަރާތްތަކަށެވެ. - ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑުރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345 ފޯން: 3344368، 3344179 ފެކުސް: 3344041، ވެބްސައިޓް: www.sto.mv އީމެއިލް އެޑްރެސް: [email protected] 10 ޞަފަރު 1438 |