ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބުރާންޗްތަކަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގަތުމާ ގުޅޭ

އިޢުލާން

މި ކުންފުނީގެ ބުރާންޗްތަކަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގަތުމާ ގުޅޭ:

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އައްޑޫ ސިޓީގައި ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެއެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ)ގެ ޖަލްސާ ކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ