ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ލޭންޑިންގް ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންނީގެ ބޭނުމަށް ލޭންޑިންގް ކްރާފްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ ބޭނުމަށް ލޭންޑިންގް ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި 100.00 ޔޫ.އެސް ޑޮލަރު ނުވަތަ -/1550 (ފަނަރަ ސަތޭކަ ފަންސާސް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގަޑިއަށް ސްޓެލްކޯ ހެޑް އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

ޓެންޑާރގެ ތާވަލް:

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުން

2016 ނޮވެންބަރު 13 އިން 2016 ނޮވެންބަރު 17 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުން

2016 ނޮވެންބަރު 13 އިން 2016 ނޮވެންބަރު 17 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2016 ނޮވެންބަރު 17 ވާ (ބުރާސްފަތި)

11:00 ގައި

އަގު ހުށަހެޅުން

2016 ނޮވެންބަރު 27 ވާ (އާދީއްތަ)

11:00 ގައި

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000 ރ. (ވިހިހާސް) ރުފިޔާ ނުވަތަ 1,297.02 (ބާރަ ސަތޭކަ ނުވަދިހަ ހަތެއް ޕޮއިންޓް ސުމެއް ދޭއް) ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 90 (ނުވަދިހަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވަ ގޮތަށް މަޢުލޫމާތު ހޯދުމަށާއި، އަގު ހުށަހެޅުމަށް ސްޓެލްކޯ ހެޑް އޮފީހުގެ އިމާރާތުގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން މަޢުލޫމާތޯ ހޯއްދަވައި، ބީލަން ހުށަހެޅުއްވުން އެދެމެވެ.

10 ޞަފަރު 1438

ނޯޓް:

  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338125 / 3338122 ނަންބަރު ފޯނާއެވެ.  އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.

 

10 ނޮވެންބަރު 2016
ހޯދާ