އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މަޤާމް :ރިސެޕްޝަނިސްޓުންގެ މަގާމަށް މީހުން ހޯދުމަށް
ބޭނުންވާ އަދަދު :2

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ރިސެޕްޝަނިސްޓް                          

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

ޑިޕާޓްމަންޓް /ސެކްޝަން:

ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޞިއްޙީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަ މީހުންނަށް މަގުދައްކައިދީ އެހީތެރިވެދިނުން.

2. ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އެހީތެރިވުން.

3. ޕީ.އޭ.ސިސްޓަމް ޗެކްކޮށް ބެލުމާއި، ކިޔޫއިން ސިސްޓަމުގެ ކަންތައްތައް ރަގަނޅުތޯ ބަލައި ޗެކްކޮށް، މައްސަލައެއް އޮތްނަމަ އަންގަންވާ ފަރާތްތަކަށް އަންގައި، އެކަންކަން ޙައްލުކުރުން.

4. ކޯލް ސެންޓަރާއި ކައުންޓަރުތަކުގައި މަސައްކަތްކުރާއިރު، އެތަންތަނަން އަންނަ ކޯލްތަކަށް ޖަވާބުދީ، ޕާސްކުރަންޖެހޭ ކޯލްތައް ޕާސްކުރުމާއި، މަޢުލޫމާތު ސާފުކޮށްދިނުން.

5. ޑިއުޓީގައި ދިމާވާ މައްސަލަތައް ގަވާއިދުން ނޯޓްކޮށް، ޙައްލުކުރެވޭ ކަންތައް ޙައްލުކުރުމަށްފަހު، ނުކުރޭ ކަންތައްތައް، އެ ވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެމަތިން ޙައްލުކުރަމުން ދިއުން.

6. ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ޚިދުމަތަށް ދައްކާ ފައިސާ ބަލައިގަނެ، މެމޯ ހަދައިދިނުން.

7. ޔޫރޯ ރީނަލް ސެންޓަރަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް މަގުދައްކައިދީ އެހީތެރިވެދިނުން.

8. ޔޫރޯ ރީނަލް ސެންޓަރުގައި ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، ކައުންޓަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

9. ޑިއުޓީގައި ތިބޭއިރު ހޮސްޕިޓަލުގައި ހިނގާ ކަންތައްތަކާއި، ކަސްޓަމަރުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ހޯދައި، އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރުވެ ތިބުން.

 

ތަޢުލީމާއި ތަޖުރިބާ:

 

 

1. އެެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަންސް ނުވަތަ ފްރަންޓް އޮފީސް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތްތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމާއި ދޫކުރުން:

ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން މެންދުރު 1.30 އަށް، މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލައިން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

1. ވަޒީފާއަށް އެދޭ ފޯމު.

2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި:

2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

މި ވަޒީފާ އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން، 20 ފަރާތެއް ޝޯޓް ލިސްޓްކުރުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ.

10 ޞަފަރު 1438

13 ނޮވެންބަރު 2016
ހޯދާ