ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު ހުޅުވައިލުން:
މަޤާމް: |
ސީނިއަރ ލީގަލް ކައުންސެލް |
މަސައްކަތްކުރަންޖެހޭ ތަން: |
އެމްޕްލޯއީ ރިލޭޝަންސް / ސިވިލް ސަރވިސް ކޮމިޝަން |
މަޤާމުގެ އުޖޫރަ: |
މި މަޤާމަށް ހޮވޭ ފަރާތެއްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅޭނީ، އެ ފަރާތެއްގެ ވަޒީފާގެ ޤާބިލްކަން ހުރި މިންވަރެއްގެ މައްޗަށް ރިޢާޔަތްކޮށް، ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެންނެވެ. |
ވަޒީފާގެ ގިންތި: |
ކޮންޓްރެކްޓް |
ކޮންޓްރެކްޓްކުރެވޭ މުއްދަތު: |
1 އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވިދާނެއެވެ.) |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ ރަސްމީ މަސައްކަތު ވަގުތުގެގޮތުގައި ގަޑި ކަނޑައެޅިފައިވާ މިންވަރު (މި ވަގުތުތައް، ވަޒީފާއަށް ހޮވޭ ފަރާތާއި ކޮމިޝަނާ ދެމެދު މަޝްވަރާކޮށް، ފްލެކްސީ ކުރެވިދާނެއެވެ.) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި، 2. ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މި މަޤާމަށް މީހަކު ހޮވުމުގައި، ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) |
މަޤާމުގެ މަސްއޫލިއްޔަތު: |
1. ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދަޢުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. 2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤާނޫނީ ލަފާ ދިނުމުގައި ބޭނުންކުރާނެ މިންގަނޑުތައް އެކުލަވައިލައި، ހިންގައި ބެލެހެއްޓުން. 3. ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. 4. ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކުރުމުގެގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، އެކުލަވައިލަންޖެހޭ ޑްރާފްޓްތައް އެކުލަވައިލުމުގެ މަސައްކަތް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން. 5. ސިވިލް ސަރވިސްގެ އިދާރާތަކުގައި އެމްޕްލޯއީ ރިލޭޝަންސްއާބެހޭ ދިރާސާތައްކޮށް، ދިރާސާ ރިޕޯޓްތައް ކޮމިޝަނަށް ހުށަހެޅުން. 6. ސިވިލް ސަރވިސްގެ މުވައްޒަފުން ހުށަހަޅާ ޝަކުވާގެ ބާވަތްތައް ދިރާސާކޮށް، އެފަދަ ޝަކުވާތަކުގެ އަސްލަށް ރުޖޫޢަވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ޝަކުވާތައް އޮފީހުގެ މާޙައުލުގައި ޙައްލުކުރެވޭނެ ގައިޑްލައިންތަކެއް އެކުލަވައިލައި އާންމުކުރުން. 7. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ޤާނޫނީގޮތުން ދިމާވާ މައްސަލަތައް ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ދިއުމުގެ ކުރިން ޙައްލުކުރުމަށްޓަކައި ސިވިލް ސަރވިސްގެ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. 8. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާ ގަވާއިދާ ޚިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވިގެން އެފަދަ މައްސަލައެއް އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި، އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލުނުވެގެން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 9. ޤާނޫނާއި ގަވާއިދާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 10. ސެކްޝަނުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓިޖީތަކާއި އުސޫލުތައް އެކުލަވައިލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން. 11. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ، ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު، ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) 4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯޏު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގެ މަސައްކަތް ކުރިއަށްދާނެގޮތް: |
1. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ، ކަނޑައެޅިފައިވާ އުސޫލުތަކެއްގެމަތިން މަސައްކަތްކުރެވިދާނެތޯ ބެލުމަށް "ޕްރިލިމިނަރީ އިންޓަވިއު" އެއް ބޭއްވޭނެއެވެ. 2. "ޕްރިލިމިނަރީ އިންޓަވިއު" އިން އެންމެ މަތިން މާކްސް ހޯދާ 3 ފަރާތަކަށް މަޤާމުގެ ގާބިލްކަންހުރި މިންވަރު ދެނެގަތުމުގެ "ޓެކްނިކަލް އިންޓަވިއު" އެއް ބޭއްވޭނެއެވެ. 3. "ޓެކްނިކަލް އިންޓަވިއު" އިން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތެއް ވަޒީފާއަށް ޢައްޔަނުކުރެވޭނެއެވެ. |
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: |
2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލަޔަށް) |
އިތުރު މަޢުލޫމާތު ސާފުކުރުން: |
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307302 ނަންބަރު ފޯނަށް، ނުވަތަ 3307303 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3303648 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. - އިތުރު މަޢުލޫމާތު، މި ކޮމިޝަނުގެ http://www.csc.gov.mv ގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ. |
10 ޞަފަރު 1438 |