މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރޯޑް މާކިންގއަށް ބޭނުންވާ މެޝިން ސަޕްލައިކޮށްދިނުން

އިޢުލާން

މި މިނިސްޓްރީން ހިންގާ މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގައި އަލަށް ހަދާ މަގުތަކުގައި ރޯޑް މާކިންގއަށް ބޭނުންވާ މެޝިން މިނިސްޓްރީން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004125  ފެކްސް:3004301

އީ-މެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

10 ނޮވެންބަރު 2016
ހޯދާ