މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ، ތިރީގައިމިވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް، ހުނަރުވެރި، ޤާބިލް އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ އަދަދު:

2 (ދޭއް)

ތަޢުލީމީ ފެންވަރު:

އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމްއެމްއޭގެ އެކައުންޓިންގެ މަސައްކަތްތަކާއި، އިދާރީ މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްތަކާ އެއްގޮތަށްތޯ ބަލައި، މެނޭޖްމެންޓާއި ބޯޑުން ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ޔުނިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރު:

1. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

2. އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެމްއެމްއޭގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓްކުރުން.

މަޤާމް:

މަނިޓަރީ އެސިސްޓެންޓް

ޑިވިޜަން:

މަނިޓަރީ ޕޮލިސީ ސެކްޝަން /މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- މެކްރޯ އިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މަސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

- އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އިޤްތިޞާދުގައި ހިމެނޭ ބައިތައް ދިރާސާކޮށް، މަނިޓަރީ ޕޮލިސީ އެކުލަވައިލުމުގައި އެހީތެރިވެދިނުން.

2. ފައިނޭންޝަލް ސެކްޓަރާއި، މަނިޓަރީ ސެކްޓަރާ ގުޅުންހުރި ރިސަރޗް ޕޭޕަރުތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި، އެމްއެމްއޭގެ އެނުއަލް ރިޕޯޓާއި ކުއަރޓަލީ އިކޮނޮމިކް ބުލެޓިން ޝާއިޢުކުރުމުގެ މަސައްކަތަށް އެހީތެރިވެދިނުމާއި، މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ޑިވެލޮޕްމަންޓް ސެކްޝަން / އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، ހުނަރު:

ބޭންކިންގ އެންޑް ފައިނޭންސް ނުވަތަ މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ބޭންކު ނޫން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް ލައިސަންސް ދިނުމާއި، ސުޕަރވައިޒުކުރުމާއި، ރެގިއުލޭޓްކުރުން.

2. ޕޭމަންޓް ސިސްޓަމްތައް ރެގިއުލޭޓްކުރުމާއި، ޕޭމަންޓް ސިސްޓަމްތަކާއި އިންސްޓްރޫމަންޓްތަކުގެ މަސައްކަތްތައް ބެލެހެއްޓުން.

3. ބޭންކު ނޫން ފައިނޭންޝަލް އިންސްޓިޓިއުޝަންސްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެދިނުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޔުނިޓް:

ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕެރޭޝަންސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

ފައިނޭންސަލް އިކޮނޮމިކްސް ނުވަތަ ފައިނޭންސް އަދި އިކޮނޮމިކްސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ރިޒާރވް މެނޭޖްކުރުމަށްޓަކައި އެކިއެކި އެސެޓް ކްލާސްތަކުގައި އިންވެސްޓްކުުރުން.

2. މާލީ ބާޒާރާބެހޭ ދިރާސާކޮށް، މަޢުލޫމާތު އެއްކޮށް، ރިޕޯޓް ތައްޔާރުކުރުން.

3. އިންވެސްޓްމެންޓްތައް މޮނިޓަރކުރުމާއި، އިންވެސްޓްކުރުމުގައި ހުރި ފުރުޞަތުތައް ހޯދައި، ރިސާރޗް މަސައްކަތް ކުރުން.

4. ރިޒާރވް މެނޭޖްމެންޓާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުމާއި، ރިސްކް މެނޭޖްކުރުން.

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ހުނަރު:

- ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން ފާސްވެފައިވުން ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

- މި ވަޒީފާއަށް މީހަކު ހޮވުމުގައި، ސްކްރިޕްޓިންގ ލެންގުއޭޖުގައި ޕްރޮގްރާމްކުރުމުގެެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، ހުނަރު:

ޖީސީއީ އޭ ލެވެލް އިމްތިޙާނުގެ 3 މާއްދާއިން ފާސްވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަނުން ބަލަހައްޓަމުންދާ އެކިއެކި ތަކެއްޗާއި ކަންކަމާ ގުޅޭ އިދާރީ މަސައްކަތްތައް.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި، ހުށަހަޅަންޖެހޭ ލިޔުންތަކާއި، ސުންގަޑި:

ހުނަރުވެރިކަން: 

- އަމިއްލަ އިސްނެގުމާއެކު، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.

- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- ރިވެތި އަދަބުތަކާއެކު މުޢާމަލާތްކުރުމުގެ އާދަ އަށެގަނެފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކުރުމަށްފަހު)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް.

- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި:

2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 15:00

އިންޓަވިއު:

މި ވަޒީފާތަކަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް، މި އިޢުލާނުގެ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން، 5 ދުވަހުގެ (ރަސްމީ ބަންދު ނޫން) ތެރޭގައި އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ނޯޓު:

ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީން ލިބެން ހުންނާއެވެ. އަދި މި އޮތޯރިޓީގެ www.mma.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ