އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޗާޕުކުރުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

1 އަހަރު ދުވަހުގެ މުއްދަތަށް ޗާޕުކުރުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވެއްޖެ

ކުރިއަށްއޮތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މި އިދާރާގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: 190/A)AB-2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީ، އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

14:00

ހޯމަ

14 ނޮވެންބަރު 2016

މަޢުލޫމާތު ސާފުކުރުން

14:00

ބުރާސްފަތި

17 ނޮވެންބަރު 2016

އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ