މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާއި، ސްޓޭޖް ޝޯގެ ލައިޓިންގއާއި ސައުންޑް އަދި ވީޑިއޯ ކްލިޕްސްއާއި ލިޔުން ޕްރޮޖެކްޓްކޮށްދޭނެ ފަރާތެއް ހޯދަން

36 ވަނަ މަސްވެރިންގެ ދުވަސް މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީގައި 2016 ޑިސެންބަރު 12 އިން 14 އަށެވެ. ގެމަނަފުށީގައި ބާއްވާ މަސްވެރިންގެ ދުވަހުގެ އިޙްތިފާލްތަކުގެ ތެރެއިން، ރަސްމީ ޖަލްސާއާއި، ސްޓޭޖް ޝޯގެ ލައިޓިންގއާއި ސައުންޑް އަދި ވީޑިއޯ ކްލިޕްސްއާއި ލިޔުން ޕްރޮޖެކްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 9:00 އަށް މި މިނިސްޓްރީ (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 9:00 އަށް މި މިނިސްޓްރީ (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 3339239 ، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

10 ނޮވެންބަރު 2016
ހޯދާ