މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕެޓްރޯލާއި ޑީސެލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

ގދ.ގައްދޫ ޕޮލިސް ސްޓޭޝަނުގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ގދ.އަތޮޅުގައި ބޭނުންކުރާ ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުސޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 14:00 އަށް ގދ.ގައްދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

09 ނޮވެންބަރު 2016
ހޯދާ