އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސޮފްޓްވެއަރ ޑިވެލޮޕަރ - އީ. އެކްސް. 1  (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/8،835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

ޓެކްނިކަލް އެލަވަންސް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 1 އަހަރުދުވަހުގެ މުއްދަތަށް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1.  VB.NET, C# އަދި MSSQL  ބޭނުންކޮށްގެން ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލުކަން ހުރުން.

2.  ASP.Net ، html5، JavaScript (Jquery)، ,Entity framework MVC، CSS3 ބޭނުންކޮށްގެން ވެބް އެޕްލިކޭޝަން ތައްޔާރުކުރުމުގެ ޤާބިލުކަން ހުރުން.

3. ސޮފްޓްވެއަރ ޑިޒައިންކޮށް އިމްޕްލިމެންޓްކުރުމުގެ ތަޖުރިބާ ހުރުން ނުވަތަ މި މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދިނުން.

4. ޝަރުޠު 1،2، 3 ގައި ފާހަގަކޮށްފައިވާ ކަންކަން ދެނެގަތުމަށް މި ކޮމިޝަނުންދޭ ޓެސްޓުން ފާސްވުން.

5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

6. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އިލެކްޝަންސް މެނޭޖްމަންޓް ސިސްޓަމެއް އަޕްގުރޭޑްކުރުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުން.

- ކޮމިޝަނުގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވެބްސައިޓު ކޮމިޝަނުން ބޭނުންވާ މިންގަނޑަށް ތަރައްޤީކުރުން.

- ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އައި.ސީ.ޓީ ޑިވެލޮޕްމަންޓު މަސައްކަތްތައް ކުރުން. 

މަޤާމް:

މެނޭޖަރ ލެވެލް 3 (އީ. އެކްސް. 1)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ކޮމިޝަނަރސް ބިއުރޯ

އަސާސީ މުސާރަ:

މަހަކު -/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 5 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3- އުމުރުން 45 އަހަރު ނުފުރޭ މީހަކުކަމުގައިވުން.

4- ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ ދަށުން ބިއުރޯގެ މަސައްކަތްތައް ރާވައި ހިންގުން.

- ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދާ އެއްގޮތަށް މީޑިއާ ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގުން.

- ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދާ އެއްގޮތަށް ފޮރިންގ ރިލޭޝަންސް ޔުނިޓުގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން.

މަޤާމް:

މެނޭޖަރ ލެވެލް 1 (އެމް. އެސް. 3)

ބޭނުންވާ އަދަދު:

2 (ދޭއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7035 ރުފިޔާ (ހަތްހާސް ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/225 ރުފިޔާ (ދުއިސައްތަ ފަންސަވީސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 4 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ލޮޖިސްޓިކްސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ލޮޖިސްޓިކްސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- އޭލެވެލް ނުވަތަ އޯލެވެލް ނިންމާފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4- އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

5- ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާ ގުޅިގެން ލިބޭ އެޕްލިކޭޝަން ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތް މޮނިޓަރކޮށް ހިންގުން.

- ވޯޓުކަރުދާސް ޗެކްކޮށް، ބަންދުކޮށް، މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތް ރާވައި ހިންގުން.

- އިންތިޚާބާ ގުޅިގެން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ – އެމް. އެސް. 2 (ވަގުތީ)

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/6295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް  -/215 ރުފިޔާ (ދުއިސައްތަ ފަނަރަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 4 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ލޮޖިސްޓިކްސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ލެވެލްގެ މަޤާމެއްގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން.

3- އޭލެވެލް ނުވަތަ އޯލެވެލް ނިންމާފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4- އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

5- ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ވޯޓުނެގުމަށް ބޭނުންވާ އިދާރީ ތަކެތި މަރުކަޒުތަކަށް ފޮނުވައި، މޮނިޓަރކުރުމާއި، އިންތިޚާބާ ގުޅިގެން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

- މާލޭގެ ވޯޓުނަގާ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، ވޯޓުނަގާ ދުވަހަށް އެތަންތަން ތައްޔާރުކޮށް، ވޯޓުނަގާ ނިމުމުން، މަރުކަޒުތައް ހުސްކުރުމުގެ މަސައްކަތްކުރުވުން.

- އިންތިޚާބާ ގުޅިގެން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ – އެމް. އެސް. 2 (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/6295 ރުފިޔާ (ހަ ހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/215 ރުފިޔާ (ދުއިސައްތަ ފަނަރަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 6 މަސް ދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ލެވެލް ގެ މަޤާމެއްގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

3- އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

4- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.

- ފައިސާދައްކާ ކެންޑިޑޭޓުންގެ ޑާޓާ އެންޓަރކޮށް އަޕްޑޭޓްކުރުން.

- އަތޮޅުތަކަށް ފޮނުވާ ފައިސާގެ ހިސާބު ރިޕޯޓްތަކާއި ބިލްތައް އަތޮޅުތަކުން ހޯދައި ބަލައި ޗެކްކުރުން.

- ލޯކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ހޯދާ މުދަލާއި ޚިދުމަތުގެ އަގު އަދާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނޭގޭ ވަގުތީ މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގެ މަސައްކަތް ކުރުން.

މަޤާމް:

ސީނިއަ އޮފިސަރ – އެމް. އެސް. 1 (ވަގުތީ)

ބޭނުންވާ އަދަދު:

5 (ފަހެއް)

ސެކްޝަން:     

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

މުސާރަ:

މަހަކު -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ޓެކްނިކަލް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/170 (ސަތޭކަ ހަތްދިހަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 4 މަސް ދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ؛

2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ؛

3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

4. އުމުރުން  35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

5. ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކުރުމާއި، ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަންތަނަށް ތަކެތި ފޮނުވައި، އެ ތަކެތި ބަލައިގަތުމާއި، މާލޭގެ ވޯޓުނަގާ މަރުކަޒުތައް ތައްޔާރުކޮށް، އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. 

- ވޯޓުނަގާ ދުވަހު، ހުޅުމާލެއާއި ވިލިނގިލީގެ ވޯޓުނަގާ މަރުކަޒުގެ ކަންތައްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

މަޤާމް:

ގްރެފިކްސް ޑިޒައިނަރ – އެމް. އެސް. 1 (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:     

އައި.ސީ.ޓީ ސެކްޝަން / އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

މުސާރަ:

މަހަކު -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

ޓެކްނިކަލް އެލަވަންސް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/170 ރުފިޔާ (ސަތޭކަ ހަތްދިހަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 2 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ނުވަތަ ލެވެލް 5 ގެ ސަނަދެއް) ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3- ކޮމްޕިޔުޓަރ ގްރެފިކްސް އެޕްލިކޭޝަންސް ބޭނުންކުރަން އެނގުން (މިކަން ބެލުމަށް ދެވޭ ޓެސްޓުން ކަނޑައެޅިފައިވާ މާރކްސްގެ ½ (ދެބައިކުޅަ އެއްބައި) ލިބޭފަރާތްތައް ޝަރުޠުފުރިހަމަވާ ކަމުގައި ބެލެވޭނެއެވެ).

4- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން (ޚާއްޞަކޮށް، ތާނަ ޓައިޕްކުރަން އެނގުން)

5- ކޮރަލް ޑްރޯއާއި ފޮޓޯޝޮފް ފަދަ ސޮފްޓްވެއަރގައި މަސައްކަތްކުރަން އެނގުން.

6- އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

7- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

- ޑިޒައިން ސޮފްޓްވެއަރތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން (އެޑޯބް އިލުސްޓޭޓަރ، ފޮޓޯޝޮޕް، އިން ޑިޒައިން ފަދަ ސޮފްޓްވެއަރ)

- ވޯޓުކަރުދާހުގެ މަސައްކަތްކުރުމާއި، މާލޭގައި ބަހައްޓާ ވޯޓުފޮށިތައް ހުންނާނެ ތަންތަން ޗާޓުގައި ފާހަގަކުރުން.

- އުފެއްދުންތެރި ޚިޔާލުގެ އަލީގައި ގްރެފިކްސްއާއި ލިޔެކިޔުންތައް ތައްޔާރުކުރުން.

މަޤާމް:

ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ– އެމް.އެސް 1 (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:     

ޕްރޮކިއުމަންޓް ސެކްޝަން

މުސާރަ:

މަހަކު -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ޓެކްނިކަލް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް /-170 (ސަތޭކަ ހަތްދިހަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 5 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

4. އުމުރުން  35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

5. ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކުރެވޭ މަސައްކަތްތައް ސެކްޝަންުގެ ވެރިއާގެ ބެލުމުގެ ދަށުން އިންތިޒާމުކޮށް ކުރުވުން.

މަޤާމް:

ސީނިއަރ  އޮފިސަރ (ފޮރިންގ ރިލޭޝަންސް) – އެމް.އެސް 1 (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:     

ފޮރިންގ ރިލޭޝަންސް ޔުނިޓު

މުސާރަ:

މަހަކު -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ޓެކްނިކަލް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް /-170 (ސަތޭކަ ހަތްދިހަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 5 މަސް ދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ؛

3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

4. އުމުރުން  35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

5. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ލޯކަލް ކައުންސިލްތަކުގެ އިންތޚާބު 2017 ގައި ރާއްޖެއިން ބޭރުން އިންތިޚާބު އޮބްޒާރވްކުރުމަށް އަންނަ ޑެލިގޭޝަންތަކުގެ ޕްރޮޓޮކޯލް އިންތިޒާމުކޮށް ބެލެހެއްޓުން.

މަޤާމް:

އޮފިސަރ – ޖީ. އެސް. 3 (ވަގުތީ)

ބޭނުންވާ އަދަދު:

10 (ދިހައެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 ރުފިޔާ (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 4 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް 2017 އާ ގުޅިގެން ލިބޭ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ކުރުން.

- ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކުރުމާއި، ވޯޓު ކަރުދާސް ޕެކްކުރުމުގެ މަސައްކަތް ކުރުން.

- ސެކްޝަނުގެ އިދާރީ މަސައްކަތްކުރުން.

މަޤާމް:

އޮފިސަރ - ޖީ. އެސް. 3 (ވަގުތީ)

ބޭނުންވާ އަދަދު:

6 (ހައެއް)

ސެކްޝަން:

ޕްލޭނިންގ، ސްޓެޓިސްޓިކްސް އެންޑް އާކައިވްސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ (އެއް ހާސް ފަސްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 ރުފިޔާ (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 3 މަސްދުވަހުގެ މުއްދަތަށް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ލޯކަލް ކައުންސިލްތަކުގެ އިންތޚާބު 2017 ގައި ހަރަކާތްތެރިވާ އޮބްޒާވަރުންނާއި، މޮނީޓަރުންނާއި، ކެންޑިޑޭޓުންގެ ރެޕްރެސެންޓޭޓިވްސްގެ ފާސްތައް ހެދުމާ ގުޅޭ މަސައްކަތްތައް ކުރުން.

- އިންތިޚާބާ ގުޅިގެން އުފައްދާ ކާޑު ސެންޓަރުގެ އެންމެހައި މަސައްކަތްތައް ކުރުން.

- ސެކްޝަނުގެ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އޮފިސަރ - ޖީ. އެސް. 3 (ވަގުތީ)

ބޭނުންވާ އަދަދު:

60 (ފަސްދޮޅަސް)

ސެކްޝަން:

ރަޖިސްޓްރޭޝަން ސެކްޝަން/ އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން/ ޕްލޭނިންގ ސްޓެޓިސްޓިކްސް އެންޑް އާކައިވްސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 ރުފިޔާ (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 3 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ރަޖިސްޓްރޭޝަން މައި މަރުކަޒުގައި ޤާއިމުކުރެވޭ 15 ކައުންޓަރުގައި މަސައްކަތްކުރުން.

- ރަޖިސްޓްރޭޝަން މައި މަރުކަޒުގެ ރިސެޕްޝަނުގައި މަސައްކަތްކުރުން.

- ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓާ ތަންތަނުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހަރަކާތްތެރިވުން.

- އަތޮޅުތަކުން ލިބޭ ފޯމުތައް ޕްރޮސެސްކުރުން.

- މާލޭގެ އެކިއެކި އަވަށްތަކުގައި ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް އެދޭ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހަރަކާތްތެރިވުން.

- ވޯޓުލާ މަރުކަޒަށް ފޮނުވަންޖެހޭ ތަކެތި ޕެކްކުރުމުގެ މަސައްކަތް ކުރުން.

- އިންތިޚާބާ ގުޅިގެން އުފައްދާ ކާޑު ސެންޓަރުގެ އެންމެހައި މަސައްކަތްތައް ކުރުން.

- ސެކްޝަންތަކުގެ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމް:

އޮފިސަރ – ޖީ. އެސް. 3 (ވަގުތީ)

ބޭނުންވާ އަދަދު:

3 (ތިނެއް)

ސެކްޝަން:

ވޯޓަރސް އެންޑް ސިވިކް އެޑިޔުކޭޝަން ސެކްޝަން

މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 ރުފިޔާ (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 6 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

4. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

5. އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

6. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިޝަލުން، އޮބްޒަރވަރުން، މޮނިޓަރުން، މަންދޫބުން، ކޯޑިނޭޓަރުން ޓްރެއިނިންގއަށް އައުމަށް ދަޢުވަތު ދިނުމާއި ހާޒިރީ ބެލެހެއްޓުން.

- ޓްރެއިނިންގ ހިނގަމުންދާ ވަގުތު، އިދާރީ ކަންތައްތައް ހަމަޖެއްސުން.

- ޕޯސްޓަރު، ލީފްލެޓް، ފްލަޔަރ ފަދަ ތަކެތި ބައިބަޔަށް އަޅައި، ރަށްރަށަށް ފޮނުވާ ޕެކްތައް ތައްޔާރުކުރުން.

- ޓްރެއިނިންގއަށް ބޭނުންވާ މެޓީރިއަލްސް ޕްރިންޓްކޮށް، ޓްރެއިނިންގއަށް ބޭނުންވާ ތަކެތި ހަމަކުރުން.

- އާންމުން ހޭލުންތެރިކުރުމުގެގޮތުން ތައްޔާރުކުރާ ޕޯސްޓަރުތައް މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ޑިސްޕްލޭކުރުން.

- ޓްރެއިނިންގ ހޯލް ތައްޔާރުކުރުން.

- އިންތިޚާބުގެ މަސައްކަތްތައް ނިމުމުން، އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމް:

ލޮޖިސްޓިކްސް އޮފިސަރ – ޖީ. އެސް. 3 (ވަގުތީ)

ބޭނުންވާ އަދަދު:

3 (ތިނެއް)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން/ އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/155 ރުފިޔާ (ސަތޭކަ ފަންސާސް ފަސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 5 މަސްދުވަސް) (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

4- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

5- ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވެއުޅޭ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާ ގުޅިގެން ލިބޭ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ކުރުން.

- ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކުރުމާއި، ވޯޓު ކަރުދާސް ޕެކްކުރުމުގެ މަސައްކަތް ކުރުން.

- ސެކްޝަނުގެ އިދާރީ މަސައްކަތްކުރުން.

މަޤާމް:

މަސައްކަތު (ފިރިހެން) – އެސް. އެސް. 3 (ވަގުތީ)

ބޭނުންވާ އަދަދު:

6 (ހައެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން/ އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/3،875 ރުފިޔާ (ތިން ހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/115 ރުފިޔާ (ސަތޭކަ ފަނަރަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 4 މަސްދުވަސް) (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ލިޔަންކިޔަން ދަތުން.

2- އުމުރުން 45 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.

3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން، ޕާޓީން ވަކިވުން.

4- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ތަކެތި ގުދަންކުރުމާއި، އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.

- ވޯޓު ފޮށިތަކާއި ވޯޓިންގ ބޫތުތައް، ވޯޓު ނެގުމަށްޓަކައި ތައްޔާރުކުރުން.

- ކޮމިޝަނުގެ އިދާރާއިން އެހެން ތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުން.

- ކޮމިޝަނުގެ އެކި ސެކްޝަންތަކަށް ބޭނުންވާ ލޮޖިސްޓިކްސް ސަޕޯޓު ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ)

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

އިޢުލާނުކޮށްފައިވާ މަޤާމުތަކަށް ކަނޑައެޅިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 14 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކުހުގެ ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލައިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.elections.gov.mv ގެ ވެބްސައިޓުން  މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

މެނޭޖިރިއަލް ލެވެލް އެމް. އެސް. 1 އިން އެމް. އެސް. 3 ގެ މަޤާމަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢުލީމް

40 މާކްސް

މަސައްކަތުގެ ތަޖުރިބާ (އާންމު)

10 މާކްސް

މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު)

5 މާކްސް

އިންޓަވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 މާކްސް

100 މާކްސް

އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢުލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

10 މާކްސް

އިންޓަވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކްސް

 މާކްސް

100 މާކްސް

ސޮފްޓްވެއަރ ޑިވޮލޮޕަރގެ މަޤާމަށް މާކްސްދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމަށް ދެވޭ އެސެސްމަންޓް (ޝަރުޠުގައި ބަޔާންކުރާ ކަންކަން)

30 މާކްސް

ތަޢުލީމް

15 މާކްސް

މަސައްކަތުގެ ތަޖުރިބާ (އާންމު)

10 މާކްސް

މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު)

5 މާކްސް

އިންޓަވިޔު

40 މާކްސް

މާކްސް

100 މާކްސް

  ޝޯޓްލިސްޓު ކުރެވޭ ގޮތް:

- ޝޯޓްލިސްޓުކުރާނީ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް މާކްސްދެވޭނީ، ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ. އެސް. 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަަކަށް)

 8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ