ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ސޭފްޓީ އޮފިސަރ

މަޤާމް :ސޭފްޓީ އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް

ސޭފްޓީ އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3

މުސާރަ

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު  -/1,500 ރުފިޔާ

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ

މަޤާމުގެ މަސްއޫލިއްޔަތު

ހަނިމާދު އިންޓަރނޭޝަލް އެއަރޕޯޓުގެ އެއަރޕޯޓް ސޭފްޓީގެ ކަންކަން އައިކާއޯ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑަށް ފެއްތުން.

މަޤާމުގެ ޝަރުޠު

  1. މެނޭޖްމަންޓް ނުވަތަ އޮފީސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (އިނގިރޭސި ހިމެނޭގޮތަށް) ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެއަރޕޯޓްގެ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް (SMS) މެނުއަލް ތައްޔާރުކޮށް އަޕްޑޭޓްކުރުމާއި، އެއަރޕޯޓްގައި ހިންގަންޖެހޭ އިމަރޖެންސީ އެކްސަސައިޒްތައް ކަނޑައެޅިފައި އޮންނަ ޝެޑިއުލާ އެއްގޮތަށް ރާވައި ހިންގުމަށް ވާންޖެހޭ ތައްޔާރީތަކާއި އިންތިޒާމުތައް މެނޭޖަރުގެ އިރުޝާދާއެކު ކުރުން.
  2. ސޭފްޓީ މެނޭޖްމަންޓް ސިސްޓަމާއި އެއަރޕޯޓް އިމަރޖެންސީއާ ބެހޭގޮތުން ޓްރެއިނިންގ ޕްރޮގްރާމްތައް ޑިވެލޮޕްކޮށް ތައްޔާރުކުރުމާއި، އެއަރޕޯޓުގެ އެހެން ދާއިރާތަކުގެ އެސް.އޯ.ޕީ ތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެއަރޕޯޓުގެ މުވައްޒަފުންނާއި، އެއަރލައިންތަކާއި، ސަރވިސް ކޮމްޕެނީތަކާއި، އެއަރޯނޮޓިކަލް އަދި ގުޅުންހުރި ނޮން-އެއަރޯނޮޓިކަލް ފަރާތްތައް ހޭލުންތެރިކުރުވުމުގެ ގޮތުން SMS އާއި އެއަރޕޯޓް އިމަރޖެންސީ ޕްލޭނާ ބެހޭގޮތުން ޓްރެއިނިންގ ސެޝަންތައް ހިންގުން.
  3. އެއަރޕޯޓުގެ އެއަރފީލްޑް ފެސިލިޓީސް، ރަންވޭ، ޓެކްސީވޭ، ސެފްޓީ އޭރިއާސް، ޕޭވްކޮށްފައިވާ އޭރިއާ، ޕޭވްނުކޮށްވާ ސާރފަސެސް، ލައިޓިންގ، ސައިނޭޖާއި މާރކިންގ، ސެކިއުރިޓީ އަދި ސެފްޓީއާ ގުޅުންހުރި އެސެޓް (ފެންސް، ގޭޓްތައް، ނެވިގޭޝަނަލް އެއިޑްތައް ފަދަ)، އެއަރޯނޮޓިކަލް ފެސިލިޓީތައް ހުރީ ސޭފްޓީއާއި ސެކިއުރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށްތޯ ބަލައި ކަށަވަރުކުރުން. އަދި އެއަރޕޯޓްގެ ވައިލްޑް ލައިފް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. ސޭފްޓީއާއި ސެކިއުރިޓީއާ ގުޅިގެން ދިމާވާ އިންސިޑެންޓް، އެކްސިޑެންޓްތައް އިންވެސްޓިގޭޓް ކޮށް ރިޕޯޓް ތައްޔާރުކުރުމާއި، ކުރިޔަށް އޮތްތަނުގައި ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި މެނޭޖަރަށް ލަފާއެރުވުމާއި، ގަވައިދާއި ޕޮލިސީ އަދި ޕްރޮސީޖަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މެނޭޖަރަށް އެހީތެރިވެދިނުން. އެއަރޕޯޓަށް ވަޑައިގަންނަވާ ވީ.އައި.ޕީ ފަރާތަށް އެސްކޯޓް ކުރުމާއި އެފަރާތްތަކަށް އެއަރޕޯޓުން ދެވޭ ޚިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  5. އެއަރޕޯޓުގެ އޮޕަރޭޝަނަލް ކަންޑިޝަންސް އާ ގުޅިގެން އިޝޫކުރަންޖެހޭ ނޮޓޭމް އިޝޫ ކުރުމާއި ސޭފްޓީ ރެގިއުލޭޝަންތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން. އަދި އެއަރސައިޑް ވެހިކަލްތަކާއި މީހުންގެ ޙަރަކާތްތަކާއި އެއަރފީލްޑް އިކްއިޕްމެންޓްސް މޮނިޓަރ ކުރުމާއި އޮޕަރޭޝަނަލް އެފިޝެންސީ ކަށަވަރުކުރުން.
  6. ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުނަރު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަނދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/dv/downloads/886 އިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތާކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

4. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 14:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދުއަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

09 ނޮވެންބަރު 2016
ހޯދާ