ދިވެހިރާއްޖެ
މަޤާމް :މަސައްކަތު | |
---|---|
ބޭނުންވާ އަދަދު :3 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|||
މަޤާމް: |
މަސައްކަތު |
||
ބޭނުންވާ އަދަދު: |
3 (ތިނެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2 |
މަޤާމުގެ ރޭންކް: އެސް. އެސް. 2 |
މުސާރަ: |
މަހަކު -/3،470 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1،000 ރުފިޔާ |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
ސެކްޝަން/ޔުނިޓް/ތަން: |
ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ. ހަނިމާދޫ |
||
މަޤާމުގެ މަސްއޫލިއްޔަތު: |
ހަނިމާދޫ އެއަރޕޯޓުގެ އާންމު މަސައްކަތްތައް ކުރުން. |
||
މަޤާމުގެ ޝަރުޠު: |
1- ޖެނެރަލް މެއިންޓެނެންސްގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. 4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. އިމާރާތްތަކުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުމާއި، ރަންވޭ މަރާމާތުކުރުމާއި، ރަންވޭގެ މާކިންގ އައުކުރުމާއި، ރަންވޭ ކައިރިޖެހުމާއި، ރަންވޭ ޝޯލްޑަރކޮށުމާއި، ހަނިމާދޫގެ ބަނދަރު ސަރަހައްދު މަރާމާތުކުރުން. 2. އިމާރާތްތަކުގެ ކައިރީގައި ހުންނަ ބަގީޗާގަސް ބެލެހެއްޓުމާއި، އިމާރާތް ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި، ލޯންޑްރީގައި އެއްޗެހި ދޮވެ އިސްތިރިކޮށް ބެލެހެއްޓުން. 3. އެއަރޕޯޓުގެ އެންމެހައި ސަރަޙައްދުތައް ރީތިކޮށް ފެހިކުރުމަށްޓަކައި، ރުއްގަސް އިންދައި، ރުއްތަކާއި ގަސްތަކަށް ކާނާއަޅައި، ރުއްތަކާއި ގަސްތައް ރީތިކޮށް ސާފުކުރުން. 4. ޓޮއިލެޓް ބްލޮކް ސާފުކޮށް ބެލެހެއްޓުމާއި، ޓާމިނަލުގައި މަސައްކަތްކުރުމާއި، މަތިންދާބޯޓަށް ތަކެތި އަރުވައި ބޭލުމާއި، އުޅަނދުފަހަރުގައި މަސައްކަތްކުރުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން / ހަނިމާދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ http://www.csc.gov.mv/dv/downloads/886 ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތާކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
||
ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ، ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ. ހަނިމާދޫއަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 14:00 އަށް. |
||
އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި، އިންޓަވިއު އޮންނާނެ ތަން: |
މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ. |
||
ނޯޓު: |
މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3323776 އެވެ. ފެކްސް ނަންބަރަކީ، 3320911 އެވެ. |
||
9 ޞަފަރު 1438 |