ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ގެއެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފަން

ގެއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

މިތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި (ކޮޓަރީގައި ފާޚާނާހުރި) ސިޓިންގރޫމާއި ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ކައްކާގޭސްއުދުން އަދި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި އެޕާޓްމެންޓެއް ނުވަތަ ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.

މިފަދަ ތަނެއް ކުއްޔަށް ދޭން ގަސްދުކުރާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 13:00 އަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6528041 އާ ގުޅުއްވުން އެދެމެވެ.

10 ނޮވެންބަރު 2016
ހޯދާ