އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެސްޓޯރަންޓް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

ރެސްޓޯރަންޓް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

އދ. ދިގުރަށު ހުޅަނގުފަރާތު ކިނބިގަސް ދެކުނު ޕާކު ސަރަޙައްދުން، ބީޗްފްރަންޓްކޮށް 5,000 އަކަފޫޓުގެ ބިމެއް، 15 އަހަރުގެ މުއްދަތަށް ރެސްޓޯރަންޓް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަކުރައްވައި، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ފޯމު ހިއްޕަވައިގެން ކައުންސިލް އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެފަރާތުގެ ސިޓީއަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. އަދި ފޯމު ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައިވާނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

"ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމު" ރަސްމީގަޑީގައި ކައުންސިލް އިދާރާއިން -/200 ރުފިޔާއަށް ގަންނަން ލިބެން ހުންނާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9781860 ، 668631 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ