ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
ފާޚާނާ މަރާމާތުކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ ދަރިވަރުންގެ 3 ފާޚާނާއާއި މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުމަށް ބޭނުންވާތީ، މި ސްކޫލުން ތަކެތި ދިނުމުން/ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެވިދާނޭ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. މަޤުބޫލު އުޒުރަކާއެކު މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅއްވަން ބޭނުންފުޅުވާ ފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ