އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސެކިއުރިޓީ އޮފިސަރ (ވަގުތީ) 

ބޭނުންވާ އަދަދު:

6 (ހައެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 3

ސެކްޝަން:

މެއިންޓެނެންސް އެންޑް ޕްރޮކިޔުމަންޓް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/3875 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1000 (އެއްހާސް ރުފިޔާ)

ދުވަހު އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/115 (ސަތޭކަ ފަނަރަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 5 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.

2- އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހަކުކަމުގައިވުން.

3- ޞިއްޙަތު ސަލާމަތުންހުރި މީހަކުކަމުގައިވުން.

4- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން، ޕާޓީން ވަކިވުން.

5- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ކޮމިޝަން އިދާރާގެ ބޭނުމަށް ހިފާފައިވާ ޕީއޭ ކޮމްޕްލެކްސްގެ 3 ވަނަ ފަންގިފިލަޔާއި،  4 ވަނަ ފަންގިފިލަޔާއި، 5 ވަނަ ފަންގިފިލާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން، ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން އިމާރާތް) ގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމް:

މަސައްކަތު (އަންހެން) (ވަގުތީ)

ބޭނުންވާ އަދަދު:

3 (ތިނެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 3

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/3875 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1000 (އެއްހާސް ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/115 ރުފިޔާ (ސަތޭކަ ފަނަރަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 5 މަސް ދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ލިޔަންކިޔަން ދަތުން.

2- އުމުރުން 45 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.

3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން، ޕާޓީން ވަކިވުން.

4- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ސާފުކުރުމުގެ މަސައްކަތް ކުރުމާއި، މެސް ރޫމް ބެލެހެއްޓުން.

މަޤާމް:

މަސައްކަތު (ފިރިހެން) (ވަގުތީ)

ބޭނުންވާ އަދަދު:

3  (ތިނެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 3

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/3875 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/1000 (އެއްހާސް ރުފިޔާ)

ދުވަހު އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/115 ރުފިޔާ (ސަތޭކަ ފަނަރަ ރުފިޔާ)

އިތުރުގަޑީގެ ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް - 5 މަސްދުވަސް (ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1- ލިޔަން ކިޔަން ދަތުން.

2- އުމުރުން 45 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.

3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން، ޕާޓީން ވަކިވުން.

4- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮމިޝަނުގެ އިމާރަތް ފޮޅައި ސާފުކުރުން.

- ކޮމިޝަނުގެ އެކިއެކި ސެކްޝަންތަކަށް ބޭނުންވާ ލޮޖިސްޓިކްސް ސަޕޯޓް ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ) ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

އިޢުލާންކޮށްފައިވާ މަޤާމުތަކަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 14 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކުހުގެ ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލައިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.elections.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ސެކިއުރިޓީ އޮފިސަރ، މަސައްކަތު (އެސް. އެސް. 3) ގެ މަޤާމަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީން

25

މަސައްކަތުގެ ތަޖުރިބާ

25

އިންޓަވިޔު

50

 ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭ ގޮތް:

- ޝޯޓްލިސްޓު ކުރާނީ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް މާކްސް ދެވޭނީ، ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތީންނެވެ.

7 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ