ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް އިމާރާތުގެ ނަލަފިލާ ބަދަލުކުރުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު (IUL)GS56/GS-56/2016/1004 އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.                          

1. މަސައްކަތް:

  ސްކޫލްގެ ބައެއް އިމާރާތުގެ ނަލަފިލާ ބަދަލުކުރުން.

2. މަސައްކަތުގެ ތަފުސީލު:

  ތިން ކްލާސްރޫމް އިމާރާތް

  • އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން – 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 3/10 އިންޗި

ދެ ކްލާސްރޫމް އިމާރާތް

  • އިރުމަތިކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން - 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 3/10 އިންޗި

ހަ ކްލާސްރޫމް އިމާރާތް

  • ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން - 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 3/10 އިންޗި

ތިންކްލާސްރޫމް (ކޮމްޕިއުޓަރރޫމް) އިމާރާތް

  • ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތިއަޅައި ސިމެންތި ނަލަފިލާ ޖަހައި ދަވާދުލުން.
  • ސިމެންތި ނަލަފިލާ ޖަހަންޖެހޭ މިންތައް:  ދިގުމިން - 21 ފޫޓު

                           ފުޅާމިން – 9 އިންޗި

                           ބޯމިން – 3/10 އިންޗި

  • ނަލަފިލާތައް ނައްޓާއިރު ހަލާކުވެފީވެފައިވާ ތަންތަން މަރާމާތުކުރަންޖެހޭނެއެވެ.
  • ދަވާދުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ނިޕޮން ބްރޭންޑްގެ އެމަރަލްޑް ގްރީންއެވެ. (ކޯޑް:9048)

އަންދާސީހިސާބު ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެކަންޏަށެވެ.

  1. އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
  • ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމު.
  • ހުށަހަޅާ އަންދާސީހިސާބު. (އަންދާސީހިސާބު، ސިޓީ ނުވަތަ ކޯޓޭޝަން)
  • ބީލަމަށް ކުރިމަތިލާ ކުންފުނި ނުވަތަ އިންވެސްޓްމަންޓުގެ މަޢުލޫމާތު/ ޕްރޮފައިލް.
  • އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމެންޓްގެ ކޮޕީ. (އެންމެ ފަހު އަހަރުގެ)
  • އޮޑިޓް ރިޕޯޓް ހުށަހެޅިކަމުގެ އިކޮނޮމިކް މިނިސްޓްރީ ނުވަތަ މީރާގެ ލިޔުމުގެ ކޮޕީ (އެންމެ ފަހު އަހަރުގެ)
  • މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.
  • ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ.
  • "މީރާ" އަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން.
  • ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން
  • ބޭންކް ސްޓޭޓްމެންޓް (ފާއިތުވި ދެ މަހުގެ)
  • ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުން (އެންމެ ފަހުން ދެއްކި މަހުގެ)
  • މާލީ ދަލީލު (ބޭންކް ގެރެންޓީއާއި ކްރެޑިޓް ފެސިލިޓީ ފަދަ)
  • އެމެންޑްމެންޓްސް

 4. ޕޮއިންޓް ދޭނެގޮތް:

  • 65 ޕޮއިންޓް އަގަށް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 25 ޕޮއިންޓް މުއްދަތަށް (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 5 ޕޮއިންޓް ތަޖުރިބާ (ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓުގެ ޖުމްލަ އަގު / ހުށަހެޅި ޕްރޮޖެކްޓުގެ ޖުމްލަ އަގު)
  • 5 ޕޮއިންޓް މާލީ ޤާބިލުކަމަށް (ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ، ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު 5x)

  ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6600136 ނަންބަރު ފޯނާއެވެ. އަދި ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓާއި ބީލަން ހުށަހަޅާ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ