އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އައި.ޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އައި.ޓީ އޮފިސަރ

ވަޒީފާގެ ބާވަތް:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

އައި.ސީ.ޓީ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

3. ވިންޑޯސް ސާރވަރ ސެޓަޕްކޮށް، ކޮންފިގަރކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4. ނެޓްވޯރކް ސްވިޗިންގ އެންޑް ރައުޓަރ ކޮންފިގަރކުރުމުގެ ތަޖުރިބާ ލިބިފައިވުން.

5. ވީއެމްވެއަރ ވަރޗުއަލައިޒޭޝަން އެންވަޔަރަންމަންޓް ސެޓަޕްކޮށް ކޮންފިގަރކުރަން އެނގުން. 

6. އުމުރުން  45 އަހަރު ނުފުރޭ މީހަކުކަމުގައިވުން.

7. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

8. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮމިޝަނުގެ ސަރވާތަކާއި ސްވިޗްތައް ކޮންފިގަރކޮށް ބެލެހެއްޓުން.

- ކޮމިޝަނުގެ ނެޓްވަރކާއި ސަރވާތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން

- ފަޔަރވޯލް ކޮންފިގަރކޮށް، ސެޓަޕްކޮށް ބެލެހެއްޓުން.

- ފަޔަރވޯލާއި، އޮފީހުގެ ނެޓްވަރކް، ސިކިއުރިޓީ ސެކްޝަނުގެ ވެރިޔާގެ ލަފަޔާއެކު ބެލެހެއްޓުން.

- އޮފީހުގެ ނެޓްވަރކް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ، ނެޓްވަރކް އިތުރަށް ރަނގަޅުކުރުން.

- އޮފީހުގެ އައިޓީ ވިއުގަ އިތުރުރަށް ހަރުދަނާކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސެކްޝަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ލެވެލް އެނގޭނެ ފަދަ ރަސްމީ ލިޔުމަކާއެކު. ރާއްޖެއިން ބޭރުފައި ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެއްވުމަށްފަހު.)

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

މަތީގައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 14 ހޯމަ ދުވަހުގެ 16:00 ގެ ކުރިން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

- ފޯމު  ބަލައިގަތުމަށްފަހު،  ޞައްޙަ ނޫން  މަޢުލޫމާތެއް  ހިމަނާފައިވާކަން  ނުވަތަ  ޝަރުޠު  ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލައިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.elections.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ސީނިއަރ އައި.ޓީ އޮފިސަރ (އެމް. އެސް. 1) ހޮވުމުގައި ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢުލީމް

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

15 މާކްސް

އިންޓަވިޔު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 ޖުމްލަ

100 މާކްސް

    ޝޯޓްލިސްޓު ކުރެވޭގޮތް:

  • ޝޯޓްލިސްޓު ކުރާނީ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކްސްދޭނީ މަސައްކަތުގެ ދާއިރާއާ ގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސްދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ