މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ޔުނިފޯމް ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ޔުނިފޯމު ފޮތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 13:00 ގައި

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2016
ހޯދާ