އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދަން

އިޢުލާން

ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ގަތުމާ ބެހޭ:

މި ކައުންސިލުން ހަދަމުންދާ ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދަން ބޭނުންވެއްޖެއެވެ. މި ޕާކަށް ބޭނުންވާ އިކުއިޕްމަންޓްސްގެ ހުރިހާ ތަފުސީލެއް މަޢުލޫމާތުކަރުދާހުގައި ހުންނާނެއެވެ.

ވީމާ، މި ތަކެތި ވިއްކަން ބޭނުންވެލައްވާ ފަރާތްތަކުން މިހިނގާ ނޮވެންބަރުމަހުގެ 16 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން މިހިނގާ ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި ތާރީޚުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން އަގު ހުށަހަޅާއިރު ތަކެތި ކުރެޑިޓަށް ދޫކުރާނަމަ، ނުވަތަ ކުރެޑިޓަށް ދޫނުކުރާނަމަ، އެކަންވެސް ބަޔާންކުރަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ