އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ލ. ކައްދޫ އޮފީސް އިމާރާތްކޮށް, ފިނިޝިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި އޮފީހުގެ ލ. ކައްދޫ އޮފީސް އިމާރާތްކޮށް ފިނިޝިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 10:00ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލްތައް ހުށަހެޅުއްވުމަށް ބޭއްވޭ ސެޝަން 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 15:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ