އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ފޮޅައި ސާފުކުރުމާއި ކުދިކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

"މަސްޖިދުލް ޢައިޝާ" މިސްކިތް ފޮޅައި ސާފުކުރުމާއި، ކުދިކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މަސްޖިދުލް ޢައިޝާ ފޮޅައި ސާފު ކުރުމާއި، އަދި ކުދިކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 11:00 އަށް އއ. ތޮއްޑޫ ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އއ. ތޮއްޑޫ ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސެޝަނަށް ވަޑައިނުގަންނަވަ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރު: 6660537 ފޯނަށް ގުޅުއްވުން އެދެމެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ