އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޭޝިއަރ، މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އަލިފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމުގެ ނަން:

ކޭޝިއަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ދިނުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ޑިވިޜަން/ ސެކްޝަން:

ބަޖެޓް ސެކްޝަން

މަޤާމް އޮތް ތަން:

ރ. އަލިފުށީ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އަހަރުން އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

2. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މުސާރައިގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

3. ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓު ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4. ކޮންމެ މަހެއްގެ އައުޓް ސްޓޭންޑިންގ ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.

5. މަރުކަޒަށް ލިބޭ ފައިސާ ބަލައިގަތުމާއި ރަސީދު ދޫކުރުން.

6. އާމްދަނީ ފައިސާގެ ރިޕޯޓު ތައްޔާރުކުރުމާއި، ހޮސްޕިޓަލުގެ އެކައުންޓަށް ޖަމާކުރުން.

7. ބިލް އެންޓްރީ ބެލެހެއްޓުމާއި، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުން.

8. ޕޭމައުންޓް ވައުޗަރ ހެދުމާއި، ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުމާއި، ޗެކް ރަޖިސްޓްރީ ހަދައި ބެލެހެއްޓުން.

9. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބެލެހެއްޓުން.

10. މަރުކަޒުގެ އޮފީހުން ކުރާ ޚާއްޞަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ތަޢުލީމާއި، ތަޖުރިބާ:

1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް،  އިކޮނޮމިކްސް،  މެތަމެޓިކްސް،  ސްޓެޓިސްޓިކްސް،  އެކައުންޓިންގ  ޓެކްނީޝަން  (ސީއޭޓީ)  ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ނަން:

މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ދިނުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ޑިވިޜަން/ ސެކްޝަން:

އެޑްމިން ސެކްޝަން

މަޤާމް އޮތް ތަން:

ރ. އަލިފުށީ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި އިމާރާތް ފޮޅައި ސާފުކުރުން.

2. ރަށުގެ އެކި އިދާރާތަކަށާއި އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ހަވާލުކުރުން.

3. ބޭނުންކޮށް ހަޑިކުރެވޭ އިކުއިޕްމަންޓްސް ދޮވެ ސާފުކުރުން.

4. އެޓެންޑެންޓެއް ނެތް ހާލަތެއްގައި އެޓެންޑެންޓެއްގެ މަސްއޫލިއްޔަތު އަދާކުރުން.

5. ޞިއްޙީމަ ރުކަޒުގެ ގޯތިތެރޭގައި ހައްދާ ގަސްތަކަށް ފެންދީ، ގަސްތައް ބެލެހެއްޓުން.

6. ދިދަ ނެގުމާއި، ދިދަ ތިރިކުރުން.

7. މަރުކަޒުގެ އޮފީހުން ކުރާ ޚާއްޞަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ތަޢުލީމާއި، ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

ރ.އަލިފުށީ ޞިއްޙީ މަރުކަޒު

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އަލިފުށީ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޓިޑްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް ބަލައިގަންނާނީ އަލިފުށީ ޞިއްޙީ މަރުކަޒުންނެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 22 ވަނަ ދުވަހުގެ 14.00 އެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޑިސެންބަރމަހު، އަލިފުށީ ޞިއްޙީ މަރުކަޒުގައެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6580217 ނަންބަރު ފޯނަށެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ