ހަންޏާމީދޫ މަދަރުސާ، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން

ސެކިއުރިޓީ ބެލެހެއްޓުމާގުޅޭ

2017 ވަނަ އަހަރުގައި ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 20 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް

2016 ވަނަ އަހަރު ނޮވެންބަރުމަހުގެ 24ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 އަށް

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 6680837 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ