ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމުގައި ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

  • ސްކޫލުގެ ހޯލް އިމާރާތުގައި އަލަށް ހެދުނު ކްލާސްރޫމުގައި ޕާޓިޝަން ޖެހުމާގުޅޭ:

މި ސްކޫލުގެ ނަންބަރު: GS-89/IUL/2016/55 (30 އޮކްޓޫބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ ހޯލް އިމާރާތުގައި އަލަށް ހެދުނު ކްލާސްރޫމުގައި ޕާޓިޝަން ޖަހަން ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް.

2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 10:30 އަށް.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅައިގެން މަޢުލޫމާތު ސާފުކުރެވިދާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ