ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަސައްކަތް ކުރަންޖެހޭ ތަން:

ތ. ތިމަރަފުށި ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޞިއްޙީ މަރުކަޒުގެ އިމާރާތުގެ ދޮރާއި، ދޮރުފަތްތަކާއި، ބިއްލޫރިތައް ދޮވެސާފުކުރުމާއި، އިމާރާތުގެ އެތެރެއާއި ބޭރުގައިވާ ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން. 

2. މަރުކަޒުގެ ގޯތިތެރޭގައި ހައްދާފައި ހުންނަ ކާބޯތަކެތި އަޅާފައި ހުންނަ ގަސްގަހާއި، މާމެލާމެލި އަޅާ ގަސްތަކާއި، ބަގީޗާ ގަސްތައްފަދަ ގަސްތައް ކޮށައި، އެ ގަސްތަކަށް ފެންދީ، ގަސްތައް ބެލެހެއްޓުން.

3. ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި، ޞިއްޙީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ހަވާލުކުރުން.

4. މަސައްކަތްކުރުމަށް ބޭނުންކުރެވޭ ތަކެތި ބޭނުންކޮށް ނިންމުމަށްފަހު ދޮވެ ސާފުކޮށް ބެލެހެއްޓުން.

5. މަރުކަޒުގައިވާ ވާރޑްތަކާއި، ފާޚާނާތަކާއި، ޑްރެސިންގ ރޫމާއި، ލޭބަރރޫމް ފަދަ ތަންތަނާއި، ތަން ހިމެނޭ ސަރަހައްދު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

6. މީގެ އިތުރުން، ޞިއްޙީ މަރުކަޒުން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ހަވާލުކުރެވޭ، ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިހުރި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިއޭޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިއޭޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއެގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓރެއިނިންގ އިންސްޓިޓިޔުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މަރުކަޒަށް (ހުށަހަޅާ ތަކެތި ބަލައިގަތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް، މި މަރުކަޒުގެ އޮފީސްބައިން ކުރިއަށްދާނެއެވެ.)

ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާ އެކަންޏެވެ.

އިންޓަވިއު އޮންނާނޭ ތަނަކާއި ތާރީޚު:

އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރުމަހު، ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6780503 ނަންބަރު ފޯނަށް، ނުވަތަ 7615606 ނަންބަރު ފޯނަށެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ