މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ފެރީ ދޯނި، ލާންޗް އަދި ޓާމިނަލްތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގިއުޝަރ ފުޅިތައް ސަރވިސްކޮށްދީ ބަލަހައްޓާނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން)

އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުންކުރާ ފެރީ ދޯނި، ލާންޗް އަދި ޓާމިނަލްތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގިއުޝަރ ފުޅިތައް ސަރވިސްކޮށްދީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2016/0169 އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 22 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް، ސިޓީއުރައިގައި ބަންދުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

08 ނޮވެންބަރު 2016
ހޯދާ