މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ޓްރެއިނިންގ ފޮރ ބައިލޮޖިކަލް އެންޑް ބިހޭވިއަރ ސާރވޭ" އަށް ބޭނުންވާ ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

08 ނޮވެންބަރު 2016
ހޯދާ