ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތް ހޯދުމަށް

ޚަޒާނާ މޯލްޑިވްސް ލިމިޓެޑުގެ އޮފީހުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑުގެ އޮފީސް ހިންގުމަށް ހަމަޖެހިފައިވާ، ހ.ފުސްތުޅާމާގޭގެ ދެވަނަ ފަންގިފިލާގެ އިންޓީރިއަރ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (ހ.ފުސްތުޅާމާގެ، ދެވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކުންފުންޏަށް ވަޑައިގެންނެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 13 އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް

2016 ނޮވެންބަރު 17 ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން

މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހުގެ 3:00 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2016
ހޯދާ