މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް ފައިނޭޝިއަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ހެޑް އޮފީހަށް، ޗީފް ފައިނޭޝިއަލް އޮފިސަރކަމުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޗީފް ފައިނޭޝިއަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/28000 ރުފިޔާ (އަށާވީސްހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ރެސްޕޮންސިބިލިޓީ އެލަވަންސް:

މަހަކު -/5000 ރުފިޔާ (ފަސްހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ތަން:

މި ކޯޕަރޭޝަންގެ ހެޑް އޮފީސް

މަސައްކަތްކުރާ ޑިޕާޓްމެންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމެންޓް

ފެންވަރު ނުވަތަ ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 1 އަހަރުގެދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  7  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  ދާއިރާއެއްގެ  އިސް  މަޤާމެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- CIMA ނުވަތަ ACCA ފަދަ ޕްރޮފެޝަނަލް އިދާރާއެއް ގަބޫލްކުރައްވާ ފަރާތެއްކަމުގައިވުން.

އެހެނިހެން ޝަރުޠު:

- މަސައްކަތުގެ މާޙައުލުގައި ގުޅިގެން މަސައްކަތްކުރާ، މީހުންނާ މުޢާމަލާތްކުރަން ދަންނަ، ހުށަހަޅައިދިނުމުގެ ހުނަރުހުރި، ޤާބިލް ފަރާތެއްކަމުގައިވުން.

- ވިޔަފާރި ކުރިއެރުވުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ހިސާބުތައް ބެލެހެއްޓުމާއި، މާލީ މުޢާމަލާތްތައް ކުރުމާއި، ކުންފުނީގެ ދެމެހެއްޓެނިވި މާލީ ޕްލޭންތައް ތައްޔާރުކުރުމުގެ ޢިލްމީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރުން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއެކުގައި، މަސައްކަތްކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކަށްވެސް އަދަބު އިޙްތިރާމާއެކު މުޢާމަލާތްކުރަން އެނގުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނީގެ މާލީ ހުރިހާ ލިޔެކިޔުންތައް، IFRS ގެ މިންގަނޑަށް ތައްޔާރުވެފައި ހުރިކަން ޔަގީންކުރުން.

- ކުންފުނީގެ ހުރިހާ މާލީ ލިޔެކިޔުންތަކެއް ތައްޔާރުކުރުމާއި، އެ ލިޔެކިޔުންތައް IFRS އާ އެއްގޮތަށް އެކުލަވައިލެވިފައި ހުރިކަން ޔަގީންކުރުން.

- ކުންފުނީގެ ބަޖެޓްތައް އެކުލަވައިލެވިފައިވާ ގޮތުގެ މަތިން ޚަރަދުތައް ބެލެހެއްޓުން.

- ދުރު މުސްތަޤްބަލުގެ މާލީ ޕްލޭން ތައްޔާރުކޮށް، ކުންފުނީގެ މާލީ ލަނޑުދަނޑިތައް ހާސިލުކުރުން.

- މާލީ މުޢާމަލާތްތައް އެކުލެވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

- ކުންފުނީގެ މާލީކަންކަމާ ގުޅިގެން މެނޭޖްމަންޓަށް ލަފާދިނުމާއި އެހީތެރިވުން.

- ކުންފުނީގެ ވިޔަފާރި ޕްލޭންތަކާއި، ބަޖެޓާއި، ކުންފުނީގެ ވިޔަފާރީގެ ތަޞައްވުރު ދެނެގަނެ، ކަނޑައެޅިފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތަށް ކަންތައްތައް ތަރުތީބުކުރުމާއި، މި ތަރުތީބު SBU ގެ ޕްލޭނާއި ކުންފުނީގެ އަހަރީ ބަޖެޓާ އެއްފަދައިން ހުރޭތޯ ޔަގީންކުރުން.

- ބޭރުގެ އޯޑިޓަރުންނާ ކުރެވޭ މާލީ މުޢާމަލްތަތަކާއި، ކުންފުނީގެ މާލީ ނިޒާމާއި، ފައިސާގެ މުޢާމަލާތްތަކާއި، އެތެރޭގެ ޚަރަދުތަކާއި، އެހެނިހެންވެސް ފައިސާގެ ހުރިހައިކަމެއް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ޒިންމާދާރުކަމާއެކު ކުރިއަށްގެންދިއުން.

- ކުންފުނީގެ މާލީ ރިޕޯޓުތަކާއި، ވިޔަފާރީގެ ލިޔެކިއުންތައް ކަނޑައެޅިފައިވާ އުސޫލުން ތަރުތީބުކޮށް ބެލެހެއްޓުން.

- ބެންކުތަކާއި، އިވެސްޓަރުންނާއި، މުދާ ދޫކުރާ ފަރާތްތަކާ އޮންނަ ގުޅުންތައް ރަނގަޅުކޮށް، ކުންފުނީގެ އަޚްލާޤީ މިންގަނޑުގެތެރެއިން އެކަން ދެމެހެއްޓުން.

- ކުންފުނި ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތުގެ ދިރާސީ ރިޕޯޓް ތައްޔާރުކުރުމާއި، އިންވެސްޓްކުރުމަށް ކުންފުނީގެ ފަރާތުން ފައިސާ ހޯދާނެ ގޮތާއި، އެ މަރުޙަލާތަކުގެ ތަޙުލީލީ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅައިދިނުން.

- ކުންފުނީގެ މާލީ ހިސާބު ވިލަރެސްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާއެކު، އެ ނިޒާމުގެ ތެރެއިން ކުންފުނީގެ ފަރާތުން ހިންގާ ޕްރެޖެކްޓްތަކުގެ ޚަރަދުތަކުގެ ތަފްޞީލު ދިރާސާކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތައް ދިރާސާކޮށް، ކުންފުނީގެ ޚަރަދުކުރެވޭނެ ނިޒާމް ހަރުދަނާކުރުން.

- ކުންފުނީގެ ޚަރަދުކުރުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަރުތީބުކޮށް، ކުންފުނީގެ ރިޒާވް އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުން.

- ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށްގެން ހޯދުމަށްފަހު، ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރަށް ހުށަހެޅުން.

- ޕްރޮކިއުމަންޓާއި އިދާރީގޮތުން ގުޅުންހުރި ސެކްޝަންތަކާ ގުޅިގެން، ކުންފުނީގެ ހަރުމުދާ އިންޝުއަރކުރުން.

- ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، މާލީހާލަތު، އޯޑިޓް ކޮމެޓީއަށާއި، މެނޭޖިންގ ޑައިރެކްޓަރަށާއި، ކުންފުނީގެ ޗެއާރމަނަށް ސާފުކޮށްދިނުން.

ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، މި ކުންފުނީގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިމިވާ ތަކެއްޗާއެކު، 2916 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، މި ކޯޕަރޭޝަނުގެ ހެޑް އޮފީހަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މީހާގެ ވަނަވަރު،

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ

4. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ،

5. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން،

6. ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް.

7. ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާގެ މުއްދަތާއި، ވަޒީފާ ދާއިމީކުރުން:

މި ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްދުވަސް ވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚްލާޤަށާއި، ފެންވަރަށް ބަލާފައި، ވަޒީފާ ދާއިމީކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ