ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: (އަލަށްކިޔަވަން ފަށާ ދަރިވަރުން)

މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: އޮކްޓޫބަރު 2016 (އަލަށްކިޔަވަން ފަށާ ދަރިވަރުން)

900 ފުރުޞަތު

ލޯނުގެ އަދަދު:

ރާއްޖެއާއި ރާއްޖޭން ބޭރުގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް އާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށް ދެވޭ ލޯން އެހީ

ލޯނުގެ ބާވަތް:

މި ސްކީމުގެ ދަށުން ލޯން ދޫކުރެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކުން ތަޢުލީމު ހާސިލުކުރުމަށް މި ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ދާއިރާއަކުން ކޯހެއް ފުރިހަމަކުރުމަށް ހުށަހަޅާ ފަރާތްތަކަށެވެ. މި ސްކީމުގެ ދަށުން ލޯން ދޫކުރެވޭ ދާއިރާތައް މި އިޢުލާނުގެ އެނެކްސް 1 ގައި އެވަނީއެވެ.

ދާއިރާ:

މި ސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއް ކަމުގައިވުން.

ށ. މިހާރު ހާސިލުކޮށްފައިވާ ކޯހުގެ ފެންވަރަށްވުރެ މަތީ ކޯހެއް ކަމުގައިވުން.

ނ. މިހާތަނަށް ކިޔެވުން ފަށާފައިނުވާ ދަރިވަރަކަށްވުން (1 ސެޕްޓެންބަރު 2016 ގެ ފަހުން ކިޔަވަން ފަށާފައިވާ ދަރިވަރެއްނަމަ މި ފުރުޞަތަށް ކުރިމަތިލެވޭނެއެވެ.)

ރ. އެމް.އެން.ކިޔު.އެފް ލެވެލް 5 އިން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށް ވުން.

ބ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން.

ޅ. ފުރިހަމަކުރަން ބޭނުންވާ ކޯހަކީ މި ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ލިސްޓުގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ކ. ލޯނުއެހީ ލިބިގެން ކިޔަވައި ނިމިފައިވާ ދަރިވަރެއްނަމަ، ލޯނުފައިސާ ދައްކައި ޚަލާޞްކޮށްފައިވުން

އ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

ވ. ބޭންކް އޮފް މޯލްޑިވްސްއިން ސީދާ އެއްވެސް ލޯނެއް ނަގާފައިވާނަމަ، ގަވާއިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައި ވުން.

މ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓުކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓު ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

ފ. ލޯނަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑުގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން.

ދ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާއެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ތ. ލޯނުއެހީއަށް އެދޭ ފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރއެއް ހުރުން.

ލ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން.

ގ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 7 ގައިވާ ލިސްޓުގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ޏ. އުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.)

ސ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޑ. މި ސްކީމުގެ ދަށުން އިޢުލާންކޮށްފައިވާ ޕައިލެޓް ސްޓަޑީސް ލައިސަންސް ކޯހަށް ލެވަލް 5، 6، 7، 8 އަދި ލެވެލް 9 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތްތަކަށް ކުރިމަތިނުލެވޭނެ ކަމުގައި ދެންނެވީމެވެ.

 

 

 

ޝަރުޠުތައް

  • ވޭތުވެދިޔަ ތަނުގައި ސަރުކާރު މެދުވެރިވެގެން މަތީ ތަޢުލީމަށް މާލީއެހީއެއް ލިބިފައިނުވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.
  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، މި ލޯން ސްކީމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އީމެއިލުން އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުންވެސް އެޕްލިކޭޝަން ހުށަހަޅާނީ [email protected] އަށެވެ. މިގޮތަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން 2016 ނޮވެންބަރު 20 އިން 24 އަށް އެޕްލިކޭޝަންގެ އަސްލު މި ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ. އަދި މިމުއްދަތުގައި އަސްލު ހުށަނާޅާނަމަ، އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ ވެލިޑޭޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި، އުސޫލުގެ އެނެކްސްތައް 26 އޮކްޓޫބަރު 2016 އިން ފެށިގެން މި ޑިޕާޓްމަންޓުގެ ވެބްސައިޓް (www.dhe.gov.mv) އިން ލިބެން ހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަންދެއްވުން އެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭގޮތް ހެދުމަށްޓަކައި އެޕްލިކޭޝަންފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަންފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަންފޯމު ބަލައެއް ނުގަނެވޭނެއެވެ. އެފަދަ އެޕްލިކޭޝަން ބަލައިގަނެވުނު ކަމުގައިވިއަސް އިޢުލާންގައިވާ ޝަރުޠު ހަމަނުވާ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަން ފޯމަށް ނުވަތަ ފޯމާއެކު ހުށަހެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށަހަޅާނަމަ ކުރިން ހުށަހެޅި އެޕްލިކޭޝަން ކެންސަލްކުރުމަށް، ފަހުން ހުށަހަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށަހަޅަންވާނެއެވެ.
  • ފޯމު ބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމު ހުށަހަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއް އޮތްނަމަ، ނުވަތަ ފޯމު ފުރިހަމަކުރެވިފައިވަނީ ރަނގަޅަށް ނޫންނަމަ، ފޯމު ހުށަހެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމު ރަނގަޅުކޮށްގެން ފޯމު ލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހުދުވަހާ ހަމައަށް މަޑުނުކޮށް ފޯމު ހުށަހެޅުމަށް ނަސޭހަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ، ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނުއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • ޕޮއިންޓުގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ، މިޖާގަ/ޖާގަތަކަށް ލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ގުރުއަތުންނެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި، އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.
  • ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާރމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު)  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގެ ދެފުށުގައި ލިޔެފައިވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.

     (ސެޓުފިކެޓުތައް އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.) 

  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާރމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުންކުރާ އެޓެސްޓޭޝަންތައްވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަންފޯމާއި އުސޫލު 27 އޮކްޓޫބަރު 2016 އިން ފެށިގެން 10 ނޮވެންބަރު 2016 ގެ ނިޔަލަށް، ހެނދުނު 8:30 އިން 13:30 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ޑިޕާޓްމަންޓުގެ ވެބްސައިޓްއަކީ: www.dhe.gov.mv އެވެ.
  • މި ސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމު.
  • މަތީ ތަޢުލީމުގެ ލޯނު ސްކީމް (އަލަށް ކިޔަވަން ފަށާ ދަރިވަރުން) އޮކްޓޫބަރު 2016 ގެ އުސޫލާއި، އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

  • އެޕްލިކޭޝަންފޯމު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު މަހުގެ 13 އިން 17 އަށް ހެނދުނު 9:00 އިން ފެށިގެން 14:00 އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭގެ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

  • ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ނަންބަރު ލިބިވަޑައިގަންނަވާނެއެވެ. ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށްވެސް މިމުއްދަތުގައި މި ޑިޕާޓްމަންޓަށް ވަޑައިގަތުމުން ނަންބަރެއް ލިބިވަޑައިގަންނަވާނެއެވެ. ވީމާ، ހުރިހާ ފަރާތްތަކުންވެސް 13 ނޮވެންބަރު 2016 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު:  އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341290 ، 3341376 ، 3341326 ، 3341381 ، 3341327 ، 3341309 ފޯނު ނަންބަރަށެވެ.

26 އޮކްޓޫބަރު 2016
ހޯދާ