މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/10،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3600 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި، ސަރވިސް އެލަވަންސާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ލީގަލް

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

މަޤާމުގެ ރޭންކް:

CS9-2

މަޤާމުގެ ޝަރުޠު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މިނިސްޓްރީއަށް ދަޢުވާލިބޭ މައްސަލަތައް ބަލައި، ދިރާސާކުރުން.

2. މިނިސްޓްރީއާއި އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ދިނުމާއި، ޤާނުނީ ލިޔެކިޔުންތައް އެކުލަވައިލައި ތައްޔާރުކުރުން.

3. މިނިސްޓްރީން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާ ބެހޭގޮތުން ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން.

4. މިނިސްޓްރީއާއި އެހެނިހެން ފަރާތްތަކާ ދެމެދު ކުރެވޭ އެއްބަސްވުންތަކާ ބެހޭގޮތުން ލަފަޔާއި އިރުޝާދު ދިނުން.

5. ސަރުކާރުގެ އޮފީސްތަކުންނާއި މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގެ ދެލިކޮޕީތައް ބަލައި، އެ ގަވާއިދުތަކާ ބެހޭގޮތުން ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން.

6. މިނިސްޓްރީއަށް ބޭނުންވާނެ ބިލްތައް އެކުލަވައިލުމުގައްޔާއި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް ހެދުމުގައި ބޭނުންވާ ލަފާދިނުމާއި، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ބިލްތައް އެކުލަވައިލައި ތައްޔާރުކުރުން.

7. މިނިސްޓްރީއާއި އެކިއެކި ފަރާތްތަކާއެކު ކުރުމަށް އެކުލަވައިލެވޭ އެގްރީމަންޓްތަކުގެ ދެލިކޮޕީ ތައްޔާރުކުރުމާއި، އެކިއެކި ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅާ އެގްރީމެންޓްތަކުގެ ދެލި ކޮޕީތައް (ލީޒް، ސަބްލީޒް، މެނޭޖްމަންޓް، މޯގޭޖް އެހެނިހެން އެގްރީމަންޓްތައް) ރިވިއުކުރުން.

8. އެގްރީމަންޓްތަކާގުޅޭ އެޑެންޑަމްއާއި ޑީޑް އޮފް އެސައިންމަންޓް ފަދަ ލިޔެކިޔުން ޑްރާފްޓްކޮށް ތައްޔާރުކުރުން.

9. ޓޫރިސްޓް ރިސޯޓްތަކުގެ ލީޒް ޓްރާންސްފަރކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމާއި، ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން.

10. އެގްރީމަންޓްތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުމާއި، މިފަދަ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ އުސޫލުތައް ތައްޔާރުކުރުން.

11. މިނިސްޓްރީގެ މައްޗަށް އުފުލޭ ދަޢުވާތަކުގައްޔާއި، ދައުލަތުގެ ފަރާތުން ކުރާ ދަޢުވާތަކުގައި ކޯޓުތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.

12. މިނިސްޓްރީއަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާބެހޭ ބެހޭގޮތުން ޤާނޫނީ ލަފާދިނުމާއި، ޤާނޫނީގޮތުން ޖަވާބުދާރީވާންޖެހޭ މައްސަލަތަކަށް ޖަވާބުދާރީވުން.

13. ޤާނޫނީ އެކިއެކި މައްސަލަތަކާ ގުޅިގެން މި މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން މުއައްސަސާތަކަށާއި، އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން.

14. މިނިސްޓްރީން ހަވާލުކުރާ މައްސަލަތައް ބަލައި ދިރާސާކޮށް، ސުޕަރވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ޖަވާބުދާރީވެ، މި ރެކޯޑުތައް ބަރާބަރަށް ބެލެހެއްޓުން.

15. ސެކްޝަނަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދާރިވުމާއި، ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ވީ އެންމެ އަވަހަކަށް ޙައްލުކުރުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ކޮންޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި، ގަވާއިދުތަކާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އަހުލުވެރިވުމާއެކު، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއްކަމުގައިވުން.

7. ޓައިޕްކުރަން އެނގޭ މިންވަރު ދެނެގަތުމަށް ދެވޭ މަސައްކަތް ނިންމާފައިވާގޮތުގެ ފުރިހަމަކަން.

8. ދިވެހިބަހުން އިގިރޭސި ބަހަށާއި، އިގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރަން ދަންނަ ފަރާތެއްކަމުގައި ބެލުމަށް ދެވޭ މަސައްކަތް ނިންމާފައިވާގޮތުގެ ފުރިހަމަކަން.

9. ސެކްޝަނުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ މީހެއްކަމުގައިވުން.

10. ކުރިން އަދާކޮށްފައިވާ ވަޒީފާތަކަށާއި، އެ ވަޒީފާތަކާ ގުޅޭގޮތުން ދީފައިވާ ލިޔުންތަކަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

4. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 

- ކުރިން އުޅެފައިވާ ވަޒީފާތަކާ ގުޅޭ އިތުރު މަޢުލޫމާތު ސީދާ އެ އޮފީހަކާ ގުޅައިގެން ހޯދުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މި މިނިސްޓްރީ (ވެލާނާގޭގެ 5 ވަނަ ފަންގިފިލާ) އަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި  މަޤާމަށް  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރުން  ހަމަޖެހިފައިވަނީ،  މި  އިޢުލާނުގައިވާ  ސުންގަޑި  ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި، މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.

- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަހުގެ ކުރިން، އިންޓަވިއުއަށް ހާޒިރުވާންވީ ވަގުތު އެންގޭނެއެވެ. އަދި ތަރުޖަމާކުރުމާއި ޓައިޕިންގ ބޭއްވޭ ދުވަހުގެ އެއްދުވަހުގެ ކުރިން، ހާޒިރުވާންވީ ވަގުތު އެންގޭނެއެވެ. 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި މިނިސްޓްރީގެ 3022200 ނަންބަރު ފޯނަށް، ނުވަތަ 3022225 ނަންބަރު ފޯނާއެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016
ހޯދާ