ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:          

ލޯންޗް ޑްރައިވަރ

ބޭނުންވާ އަދަދު:  

1 (އެކެއް)

މަޤާމުގެ ރޭންކް:          

އެސް. އެސް. 3 (ސަޕޯޓް ސަރވިސް 3)

މަޤާމުގެ ކްލެސިފިކޭޝަން:    

ސަޕޯޓް ސްޓާފް ގްރޭޑް 3

އޮފީސް/ އިދާރާ:   

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

ސެކްޝަން:      

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

މުސާރަ:            

މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް:    

މަހަކު -/1،000 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ދަތުރު އެލަވަންސާއި، ހާޑްޝިޕް އެލަވަންސާއި، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން ފޯނު އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

1- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ B ކެޓެގަރީ ލައިސަންސް ލިބިފައިވުން.

2- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

3. 18 އަހަރު ފުރި، 55 އަހަރު ނުފުރޭ މީހަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ:

1. އޮފީހުން އަންގާ ގޮތެއްގެ މަތިން ދަތުރުތައް ކުރުން.

2. ލޯންޗް ފެހިބަރުވޭތޯ ބަލައި، އެހެލުމާއި ބޭލުމުގައި މި އިދާރާއާ ގުޅިގެން މަސައްކަތްކުރުން.

3. ލޯންޗުގެ އިންޖީނާއި އުޅަނދު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

4. ލޯންޗަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ، ލަސްނުކޮށް މި އިދާރާގެ ކަމާބެހޭ ވެރިންނަށް އެކަން އެންގުން.

5. ލޯންޗުގެ ސަލާމަތާބެހޭ ސާމާނު ހަމައަށް ބެހެއްޓުމާއި، ސަލާމަތީ އެއްވެސް އެއްޗަކަށް ގެއްލުމެއްވެފައި ހުރިތޯ ގަވާއިދުން ބެލުން.

6. ކުއްލި ދަތުރެއް ފުރަންޖެހުނަސް ފުރޭނެހެން އިންތިޒާމްކޮށްފައި ބެހެއްޓުން.

7. ލޯންޗަށް ބޭނުންވާ ޕެޓްރޯލް ހަމަކޮށްފައި ބެހެއްޓުން.

8. ލޯންޗުގެ ޕަމްޕް ރަނގަޅަށް މަސައްކަތްކުރޭތޯ ރެއަކާއި ދުވާލު ދެފަހަރު ބެލުން.

9. ލޯންޗް ފަޅުގައި އަޅާފައި އޮންނައިރު، ފަޅުވެރިންނާ ގުޅިގެން ލޯންޗް ބެލެހެއްޓުން.

10. ރަށުން ބޭރަށްދާނަމަ، ސެކްޝަން ހިންގާ ފަރާތަށް އެނގިފައި ދިއުން.

11. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމުގެ ސިފަތައް، މި ބައިތަކުން އެންމެ މަތިން ސްކޯކުރާ ފަރާތް (މެރިޓް އުސޫލުން)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު އޮންނާނީ، 20 ނޮވެންބަރު 2016 ން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން، މި މުއްދަތުގައި މި ރަށުގައި ހުންނަންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި އެހެން ލިޔުންތައް ހުށަހެޅުން އެދެމެވެ..

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ B ކެޓެގަރީގެ ލައިސަންސްގެ ކޮޕީ.

8. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

9. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ނޯޓު:

މި އިޢުލާނުގައި ބަޔާންވެފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ ލިޔުންތައް އެކަންޏެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަވިއުއަށް އެމީހަކު ހާޒިރުވާއިރު، އެ ލިޔުންތަކުގެ އަޞްލު ގެނެސް، ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މި އިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް، ތާރީޚު ޖަހައިގެންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ 6760023 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016
ހޯދާ