ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1- މަޤާމުގެ ނަމާއި ރޭންކާއި ކުލެސިފިކޭޝަން:

މަޤާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ.އެސް. 3

ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު: 1

2- މުސާރައާއި އިނާޔަތްތައް:

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ ދެވޭނެއެވެ.

3- މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކުޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމު އޮތް އޮފީސް / އިދާރާ:

ހައްދުންމަތީ މާވަށު ކައުންސިލުގެ އިދާރާ

ސެކްޝަން:

ހައްދުންމަތީ މާވަށު ކައުންސިލުގެ އިދާރާ / ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާވަށު ކައުންސިލުގެ އިދާރާ

4- މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

  • އިދާރާ ހުޅުވައި ލެއްޕުން.
  • އިދާރާއިން ބަލަހައްޓަންޖެހޭ ހުރިހާ ހާޒިރީއެއް ލިޔެ ބެލެހެއްޓުން.
  • އިދާރާއިން ބަލަހައްޓާ ހުރިހާ މުވައްޒަފުންގެ ހާޒިރީއާ ގުޅޭ ހުރިހާ ރިޕޯޓުތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އިދާރާއިން ބަލަހައްޓާ ހުރިހާ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރިކޯޑު ބެލެހެއްޓުން.
  • އިދާރާގެ ރަސްމީ ފޯނަށް ޖަވާބުދާރީވުން.
  • އެންޓްރީ ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން.
  • އިދާރާގެ ރަސްމީ މެއިލް ބެލެހެއްޓުން.
  • އިދާރާގެ ސްޓޮކުގެ ހުރިހާ ރިކޯޑުތަކެއް ބެލެހެއްޓުމާއި، ސްޓޮކަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް އެދުމާއި، ސްޓޮކަށް ލިބޭ ތަކެތި ދޫކުރުން.
  • އިދާރާއިން ބަލަހައްޓާ ހުރިހާ މުވައްޒަފުންގެ އިތުރުގަޑީގެ ހުރިހާ ރިކޯޑުތަކެއް ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.
  • އިދާރާ ނުވަތަ ސެކްޝަނުގެ އިދާރީ މުވައްޒަފަކު ބަލިވުން ނުވަތަ ޗުއްޓީ ނެގުން ފަދަ ކަމެއް ދިމާވާ ވަގުތު އެމުވައްޒަފެއްގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ނަމަވެސް ހަވާލުކޮށްފިނަމަ އެމަސައްކަތެއް ކުރުން.
  • ހަމަޖެހިފައިވާ މަސައްކަތްތަކުގެ އިތުރުން މުޅި އިދާރާއިން އެކުގައި ކުރުމަށް ރާވާ މަސައްކަތްތަކުގައި ކައުންސިލަރުންނާއި، ޒިންމާދާރުވެރިޔާ ހަމަޖައްސަވާ އުސޫލެއްގެ މަތިން އެހީތެރިވެދިނުން.
  • ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގަންނަވާ ރަސްމީ މަސައްކަތްތަކަށް އިދާރީގޮތުން އެއްބާރުލުން ދިނުން.

5- މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ (އޮފީސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ، ފައިނޭންސިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިޔުމަން ރިސޯސަސް މެނޭޖްމަންޓް، ބިޒްނަސް) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

6- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ޝަރުޠު ފުރިހަމަވުން. (ކަނޑައެޅިފައިވާ އިންސައްތަ % 11)
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %8)
  • އިންޓަވިއު / ޕްރެކްޓިކަލްސް (ކަނޑައެޅިފައިވާ އިންސައްތަ %43)

 

7- މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވަނީ، 20 ނޮވެންބަރު 2016 އިން 20 ޑިސެންބަރު 2016 ގެ ނިޔަލަށް ހައްދުންމަތީ މާވަށު ކައުންސިލުގެ އިދާރާގައެވެ. އިންޓަވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް މިމުއްދަތުގެ ތެރޭގައި، އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރު ކުރިން ލިޔުމަކުން އެންގޭނެއެވެ.

8- މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ނޮވެންބަރު 17 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހައްދުންމަތީ މާވަށު ކައުންސިލުގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަޑި ހަމަވުމުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް އަދި ލިޔުމެއް ބަލައެއް ނުގަނެވޭނެއެވެ.

9- ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، ހައްދުންމަތީ މާވަށު ކައުންސިލުގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބުސައިޓް (www.csc.gov.mv) އިންނެވެ.

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

10- އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީގޮތް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6800718 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

01 ނޮވެންބަރު 2016
ހޯދާ