ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.      

2017 ވަނައަހަރުގެ ޖަނަވަރީ 1 އިން ޑިސެންބަރު 31 އަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވަނަ ދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 21 ވަނަ ދުވަހުގެ 10.00 އަށް މި މަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކްސް ދެވޭނެގޮތް

އަގަށް: %70

ތަޖުރިބާ: % 10

މީހުން ގެންގުޅޭ އަދަދު:  % 10

ޕްރޮފައިލް (ލިޔުން)  % 10

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބު ހުށަހެޅުއްވި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ.  

02 ނޮވެންބަރު 2016
ހޯދާ